ހޯމަ. ޑިސެމް 23rd, 2024

ގާނޫނުއަސާސީއަށް އަވަސް އަވަހަށް ގެނެވުނު ބަދަލުތަކާމެދު ކަންބޮޑުވުން އުފެދިއްޖެ

ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާ ގުޅިގެން ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބަދަލުތައް ގެނެވުނީ އެކަށީގެންވާ މަޝްވަރާއެއް ނެތި، އަވަސް އަވަހަށް ކަމަށް ފާހަގަކުރެވެއެވެ.

ޕީއެންސީގެ މެންބަރުންގެ މެދުގައިވެސް މި ބަދަލުތަކާ ގުޅޭގޮތުން ޝަކުވާތަކާއި ކަންބޮޑުވުންތައް އުފެދިފައިވާކަން ފާހަގަކުރެވެއެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ބަދަލުތަކުގެ ތެރޭގައި ގާނޫނުއަސާސީއާ ފުށުއަރާ ބައިތަކާއި، ތަންފީޒު ނުކުރެވޭނެ ބައިތައް ހިމެނެއެވެ.

ސަރުކާރުގެ ފަރާތުން މި ބަދަލުތައް ގެނައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޤައުމުގެ މިހާރުގެ ޚާއްޞަ ހާލަތާއި، ސިޔާސީ އިސްތިޤްރާރު ދެމެހެއްޓުމާއި، އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުން ހިމެނެއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި ބަދަލުތައް ގެނައުމަކީ ވަކި ވެރިއެއްގެ ބޭނުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ތާރީޚުގައި ރެކޯޑުވެގެންދާނެއެވެ. މި ބަދަލުތަކުގެ ސަބަބުން ކުރިމަގުގައި ޤާނޫނީ އަދި ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބިރުފާޅުކުރެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *