ސަރުކާރުގެ ޚަރަދު ތައް އިންތިހާ އަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ޙަރަދު ހަމަޖެއްސުމަށް ޑޮލަރު ހޯދުމުގެ ގޮތުން ކޮންމެ ގެސްޓަކަށް ފައްސަތޭކަ ޑޮލަރު މާރުކުރުމަށް ސަރުކާރުން ނެރުނު އަމުރާ ދެކޮޅަށް މޯލްޑިވްސްގެ ދިވެހި ރިސޯޓް އޯނަރުން އެ އަމުރަށް ބޯނުލަނބާނެ ކަމުގެ ލިއުމެއް މީޑިޔާތަކުން ރިޕޯޓް ކޮށްފައިވެއެވެ. ސަރުކާރުގެ އެކި ވުޒާރާތަކަށް ސިޔާސީ މަޤާމު އިތުރުކޮށް ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ވިއްސަކަށް މިނިސްޓަރުން ކަނޑައަޅައިގެން ހިންގަމުން ގެންދާ ހަމައެކަނި ދިވެހިވެރިކަމަކީ ޑރ މުއިއްޒުގެ ވެރިކަން ކަމުގައި އިދިކޮޅު ފަރާތްތަކުން ފާހަގަ ކުރެއެވެ. އެހެންކަމުން މުޅިދުނިޔޭގެ ނިސްބަތުންވެސް ދިވެހިރާއްޖެ އަކީ މިވަގުތު އެންމެ ގިނަ ސަރުކާރު މުއައްޒަފުން އާބާދީގެ ނިސްބަތުން މަސައްކަތް ކުރާ ޤައުމެވެ. ވޯލްޑް ބޭންކާއި އައިއެމްއެފް އަކީ ދިވެހިރާއްޖެ އަށް މިހާތަނަށް ފައިނޭންސަލް އެހީދޭ ދެ ފައިނޭންސަލް އިންސްޓިޓިއުޓް ކަމުގައިވީއިރު އެ ދެފަރާތުން ތަކުރާރުކޮށް ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި ސަރުކާރު މުއައްޒަފުންގެ އަދަދު މަދުކުރުމަށް ދޭ ލަފާއަށް ޑރ މުއިއްޒު ވަނީ ބިރުކަންފަތެއްދީފައެވެ. ދިވެހިރާއްޖޭގެ އެންމެ ގިނަ ރިސޯޓް އަދި ފައިނޭންސަލް އިންސްޓްޓިއުޝަންތަކުގެ ހިއްސާ އޮންނަ ފަރާތެއްކަމުގައިވާ މުހައްމަދު މޫސާ ޗަމްޕާ ( އުއްޗު) ވަނީ ރިސޯޓް އޯނަރުންނަށް ނެރުނު އަމުރު ސީދާ ދެކޮޅު ހަދާފައި ކަމަށް ދިވެހި ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
ދައުލަތުގެ ޙަރަދުތައް ހަމަޖެއްސުމަށް ދިވެހި ވިޔާފާރިތަކުން ނަގާ ޓެކްސް އިތުރުކޮށް ، އިންސުއަރެންސް ދަނީ އުނިކުރަމުން ކަމުގައި މީޑިޔާގެ ގިނަ ރިޕޯޓްތަކެއް ބުނަމުންދެއެވެ. މީގެކުރިންވެސް 2010 ވަނަ އަހަރު ވަނީ ދިވެހިރާއްޖޭގައި ސިފައިނާއި ފުލުހުން ނުކުމެ އޭރު ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދު ވެރިކަމުން ބާލާފައެވެ. ސިޔާސީ ވިލަރެސް ކުރާފަރާތްތަކުން ލަފާ ކުރާ ގޮތުގައި މުއިއްޒުގެ ސަރުކާރާއި ދެން ކުރިމަލާން ޖެހޭނީ ސިވިލް އަންރެސްޓް އަކާއެވެ.