ހޯމަ. ޑިސެމް 23rd, 2024

ސަރުކާރު އޮތީ ނޭވަހޮޅިއަށް އެޅިފައިކަމަށް ބުނާއިރު ، ބައި އިލެކްޝަންވެސް ކާމިޔާބު ކުރީ ސަރުކާރު ކެނޑިޑޭޓުން

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑީގެ ބައި އިލެކްޝަން ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ތިން ކެންޑިޑޭޓުން މިއަދު ކާމިޔާބު ކުރުމުން ، އެންގެނީ ސަރުކާރަށް އޮތް ތާޢީދަށް ބަދަލެއް ނާންނަކަމެވެ. ވޯޓަކުން ދައްކާ ނަތީޖާ އަކީ ރައްޔިތުންގެ ތާއީދު އޮންނަ ގޮތް ފެންނަ އެންމެ ފަސޭހަ ގޮތެވެ.

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ހުޅުމާލޭ ދާއިރާގެ ގޮނޑި އާއި މައްޗަންގޯޅީ މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއަށް ޕީއެންސީގެ އިތުރުން އެމްޑީޕީން ކެންޑިޑޭޓުން ވާދަ ކުރި އެވެ. ނަމަވެސް ނަތީޖާ ނިމުމަކާ ހަމައަށް އައިސްފައިވާއިރު، ތިން ގޮނޑި ޕީއެންސީން ވަނީ ކަށަވަރުކޮށްފަ އެވެ.ވަގުތީ ނަތީޖާ ދައްކާ ގޮތުން، ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ފާތިމަތު ޝައުފާ ސަލީމް ކާމިޔާބު ކުރެއްވި އިރު، މައްޗަންގޮޅި މެދު ދާއިރާ ފާތިމަތު އިޝާން އަލީ އަދި ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަލީ އައިމަން އެވެ. މީގެ މާނަ އަކީ މާލޭސިޓީގެ ހުސްވެފައިވާ ތިންގޮނޑިވެސް ކާމިޔާބު ކުރީ ސަރުކާރު ކެންޑިޓުނެވެ. 

މާލޭގެ އިތުރުން، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި އާއި، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި އަދި ފ. ބިލެތްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ބައި އިލެކްޝަން މިއަދު ވަނީ ބާއްވައިފަ އެވެ.

އެކަމަކު މިއަދު ބޭއްވި ހަ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލާ މީހުންގެ ތަރުހީބު ވަރަށް ކުޑަކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ބުނެފަ އެވެ.  މިގޮތުން ވޯޓުދޭން ނުކުމެފައިވަނީ  ވޯޓުދިނުމުގެ ޝަރުތުހަމަވާ މީހުންގެ %27 މީހުންނެވެ. އެއީ  13112 މީހުންގެ ތެރެއިން 3528  މީހުންނެވެ. 

Related Post

Leave a Reply

Your email address will not be published. Required fields are marked *