ހޯމަ. ޑިސެމް 23rd, 2024

ވިޔާފާރީގެ ޕްރައިވެޓް ސެކްޓަރ ނެތިގެން ދިއުމުގެ ބިރުވެރިކަން ކުރިއަށް އެބައޮތް

ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރ އަށް މިއަންނަނީ އިންތިހާ އަށް ގޮންޖެހުންތަކާ ކުރިމަތި ވަމުންނެވެ. މިގޮތުން މާލީ އެހީތެރިކަމާއި ފަންނީ މަސައްކަތްތަކާއި ޖުމްލަ ގޮތެއްގައި އެއްވެސް މަސައްކަތަކަށް ދިވެހިން ނުލިބުމަކީ ކުރިމަތިވަމުން އަންނަ އެންމެބޮޑު އެއްގޮންޖެހުމެވެ.  ހުރިހާ ރެސްޓޯރަންޓް ތަކުގެ ވޭޓަރުންނަކީ ބިދޭސީންނެވެ. ކޮންސްޓްރަކްޝަން ލޭބަރުންނަކީ ބިދޭސީންނެވެ. ސިވިލް އިންޖޭނުންނަކީ ބިދޭސީންނެވެ. ކުންފުނިތަކުގެ އެކައުންޓެއްޓުންނަކީ ބިދޭސީންނެވެ.

ސަރުކާރުގެ  މައިގަނޑު ޕޮލިސީ އަކީ ސަރުކާރުން ވަޒީފާތައް އިތުރުކުރުން ކަމުގައި 18 ޖުލައި 2024 ގައި ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިމޭރުމުން ވާހަކަ ދައްކަވަމަމުން ވިދާޅުވެފައިވަނީ : ”އެކި ދާއިރާތަކުން ކިޔަވައިގެން ތިބޭ ދިވެހިންނަށް ސަރުކާރުގެ ތެރެއިން ވަރަށް ބޮޑު މުސާރަ ލިބޭ ގޮތަށް ބައްޓަން ކުރަން 200 މިލިއަން ރުފިޔާ ކަނޑައަޅާނަން. ނަތީޖާއަކަށް ވާނީ ޕްރައިވެޓް ސެކްޓަރަށް ވުރެ ރަނގަޅު މުސާރައެއް ސަރުކާރުން ލިބޭނެ. ރާއްޖެ އިން ބޭރުގައި ތިބޭކަށް ނުޖެހޭނެ.“  ރާއްޖޭން ބޭރުގައި ވަޒީފާ ހަމައެކަނި މުސާރަ ބޮޑުވެގެންނެއްނޫނެވެ. ތަރައްޤީ ޤައުމު ތަކުން ލިބޭ މުސާރައާއި ޚިދުމަތްތައް އިންތިހާއަށް ލިބޭތީއެވެ. 

ސަރުކާރުގެ މުއައްސަސާތަކުގެ މުސާރައާއި އިނާޔަތްތައް އިންތިހާ އަށް ބޮޑުކޮށް އަދި މުޅި ޤައުމުގެ މަސައްކަތުގެ އާބާދީގެ 70%  ދައުލަތަށް ، ސަރުކާރަށް ނޯކިރީ ކުރަން ވެއްދީމާ ޤައުމުގެ ޕްރޮޑޮކްޝަން ނެތިގޮސް ޕްރައިވެޓް ސެކްޓަރ ސެކްޓްރ ބަނގުރޫޓު ވުމުގެ ބިރު އިންތިހާ އަށް އެބައޮތެވެ.  

Related Post

Leave a Reply

Your email address will not be published. Required fields are marked *