ހޯމަ. ޑިސެމް 23rd, 2024

އުރީދޫ މަސްރޭސް 2024: ނައިފަރުގެ ޗެމްޕިއަންކަން ’ހުސްބުޅި‘ އަށް

ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްގެ އަހަރީ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސްރޭސް 2024 ގެ ޅ. ނައިފަރުގެ ބައިގެ ޗެމްޕިއަންކަން ”ހުސްބުޅި“ ޓީމުން ހޯދައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިއަހަރުގެ މަސްރޭސް އިތުރަށް ފުޅާކޮށް، ޅ. ނައިފަރުގެ އިތުރުން ކ. ހިންމަފުށި އަދި ގދ. ތިނަދޫގައި ވެސް ބޭއްވިއެވެ.

ނައިފަރުގައި ބޭއްވުނު މުބާރާތުގައި 18 ޓީމު ބައިވެރިވެ، މުބާރާތް ފެށުނީ ހުކުރު ދުވަހުއެވެ. ވާދަވެރި މަސްވެރިކަމަކަށްފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓީމުތަކަށާއި މަސްވެރިންނަށް ޚާއްޞަ ގިނަ އިނާމުތަކެއް ދެވުނެވެ.

މުބާރާތުން ވަނަތައް ހޯދި ޓީމުތަކާއި މަސްވެރިން:
– ޗެމްޕިއަން ޓީމް: 921.4 ޕޮއިންޓާއެކު ”ހުސްބުޅި“
– ދެވަނަ ޓީމް: 698.45 ޕޮއިންޓާއެކު ”ޗިލް ބްރޯޒް“
– ތިންވަނަ ޓީމް: 438.3 ޕޮއިންޓާއެކު ”ޓީމް ކޮރަކަލި“
– އެންމެ ބަރު މަސް: މުޙައްމަދު ނަޝީދު، ”ޓީމް އަލިފަސް“ – 9.4 ކިލޯގެ މުޑަ ހަނދި
– އެންމެ މޮޅު ކެޔޮޅު (ފިރިހެން): ޢަލީ ޢަބްދުﷲ (”ޗިލް ބްރޯޒް“) 24 މަސް
– އެންމެ މޮޅު ކެޔޮޅު (އަންހެން): ޖަވާދާ އަޙްމަދު (”ޓީމް ކޮރަކަލި“) 15 މަސް

އުރީދޫ މޯލްޑިވްސް އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން ހިންމަފުށީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް މަރުޙަބާ ކިޔާފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *