ހޯމަ. ޑިސެމް 23rd, 2024

ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލަތު ސީރިއަސް

ރޭ ދަންވަރު ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 21 އަހަރުގެ ޒުވާނެއްގެ ހާލަތު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 12:53 ހާއިރު ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހުމުގެ ސަބަބުންނެވެ. އެކްސިޑެންޓާ ގުޅިގެން ސައިކަލު ދުއްވަމުންދިޔަ 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އައިޖީއެމްއެޗަށް ފަރުވާއަށް ގެންގޮސްފައެވެ.

ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯތަކުން ދައްކާ ގޮތުގައި، އެކްސިޑެންޓުގައި ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އަދި ސައިކަލު ދުއްވި ޒުވާނާއަށް ބޮޑެތި އަނިޔާތަކެއްވެ، މަގުމަތީގައި ލޭއޮހޮރިފައިވާ މަންޒަރުވެސް ފެންނަން ހުއްޓެވެ.

ފުލުހުންގެ ފަރާތުން މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *