އަން. ޑިސެމް 24th, 2024

ޔޫއެންއޯޑީސީއިން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިއުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިއުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ. މި އިކުއިޕްމަންޓްތަކަށް ފަންޑު ކޮށްދީފައިވަނީ ޔޫރަޕިއަން ޔޫނިއަން ސާވިސް ފޯ ފޮރިން ޕޮލިސީ އިންސްޓްރޫމަންޓްސްގެ ފަރާތުންނެވެ.

އިއްޔެ ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އިކުއިޕްމަންޓްތައް ހަވާލުކުރެވުނެވެ. ޔޫއެންއޯޑީސީގެ ފަރާތުން އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެ އޮފީހުގެ ހެޑް އޮފް އޮފީސް އޮފް މޯލްޑިވްސް، އެންރީކޯ ބޮނަސެންޏާ އެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވީ ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަ ޖެނެރަލް މުހައްމަދު ސަލީމެވެ.

މި އިކުއިޕްމަންޓްތަކާއެކު، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި ހިނގާ މެރިޓައިމް ޓެރަރިޒަމްއާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *