އަން. ޑިސެމް 24th, 2024

އެމްޕޮކްސް ފެތުރުމުގައި ގައިގޯޅިވުމުގެ ދައުރު ބޮޑުކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި

ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ އެމްޕޮކްސް ޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި އަތްލައި ގައިގޯޅިވުމާ އަޅާބަލާއިރު، ވާހަކަދައްކާއިރު ބުރައިގެންދާ ކުދި ކުޅުތިކިތަކަކީ ބަލި ފެތުރުމުގެ މައިގަނޑު ސަބަބެއް ނޫން ކަމަށެވެ.

އެ ޖަމްއިއްޔާގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އެމްޕޮކްސް މައިގަނޑު ގޮތެއްގައި ފެތުރެނީ ވައިރަސް ހުރި މީހަކާ ”ކްލޯޒް ފިޒިކަލް ކޮންޓެކްޓް“ ވުމުންނެވެ. މީގެ ތެރޭގައި ގައިގައި އަތްލުމާއި، ތުންފަތުން ތުންފަތަށް ނުވަތަ ގައިގެ ހަމުގައި ބޮސްދިނުމާއި ޖިންސީ ގުޅުން ފަދަ އަމަލުތައް ހިމެނެއެވެ.

ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް ވިދާޅުވީ، ”މީހަކާ ވާހަކަ ދައްކާއިރު ކުޅުތިކިތައް ބުރައިގެންދާނެ، އެކަމަކު މިއީ ޓްރާންސްމިޝަންގެ މާ ބޮޑު ސަބަބެއް ނޫން — އަދި އެއީ ވައިގެ ތެރެއިން، ދުރަށް ވައިރަސް ފެތުރޭ ގޮތެއް ވެސް ނޫން“ ކަމަށެވެ.

ނަމަވެސް، ބަލި ޖެހިފައިވާ މީހަކާ ”ފޭސް ޓު ފޭސް“ ކޮށް ބައްދަލުވެ ވާހަކަ ދައްކައި އަދި ކައިރީގައި ތިބެ ނޭވާލުމުން ވެސް ބަލީގެ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ. އަދި ބަލި ޖެހިފައިވާ މީހުންނާއި އެ މީހުންނާ ކައިރީގައި އުޅޭ މީހުން މާސްކް އެޅުމަށް ލަފާދީފައިވެއެވެ.

މިހާރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެތައް ހާސް ބަޔަކަށް މި ބަލި ޖެހިފައިވާއިރު، މި ބަލި ފެތުރެމުންދާ ސަބަބު އިތުރަށް ދެނެގަތުމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ފާހަގަކޮށްފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *