އަން. ޑިސެމް 24th, 2024

މެންޗެސްޓާ ސިޓީގެ ޖޮއާއޯ ކެންސެލޯ އަލް ހިލާލަށް ބަދަލުވަނީ

މެންޗެސްޓާ ސިޓީގެ ޕޯޗުގީޒް ޑިފެންޑަރު ޖޮއާއޯ ކެންސެލޯ، ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ވިއްކާލުމަށް އެ ކުލަބުން އެއްބަސްވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން އުމުރުން 30 އަހަރުގެ ކެންސެލޯ ގަންނަން އަލް ހިލާލުން ހުށަހަޅާފައިވަނީ 21.1 މިލިއަން ޕައުންޑެވެ. ދެ ކްލަބުން ޓްރާންސްފަރއާ މެދު އެއްބަސްވެފައިވާއިރު، ކެންސެލޯއާއި އަލް ހިލާލާ ދެމެދު އަދި އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް މައްސަލައެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވެއެވެ.

2019 ގައި ޔުވެންޓަސްއިން މެންޗެސްޓާ ސިޓީއާ ގުޅުނު ކެންސެލޯ، 2022 ގައި ސިޓީއާއެކު އެއްބަސްވުން އާކުރި ނަމަވެސް ކުޅުމުގެ ފުރުސަތު ނުލިބުނެވެ. އެހެންކަމުން 2023 ގައި ބަޔަން މިއުނިކަށް ލޯނުގައި ދޫކޮށްލިއެވެ. އޭގެފަހުން ބާސެލޯނާއަށްވެސް ލޯނުގައި ކުޅެފައިވެއެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް 58 މެޗު ކުޅެފައިވާ ކެންސެލޯ، މެންޗެސްޓާ ސިޓީއަށް 98 މެޗު ކުޅެފައިވެއެވެ. މީގެ އިތުރުން އޭނާ ވަނީ ބެންފީކާ، ވެލެންސިއާ، އިންޓަ މިލާން އަދި ޔުވެންޓަސްއަށްވެސް ކުޅެފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *