އަން. ޑިސެމް 24th, 2024

ރާއްޖޭގެ ހޫދު އަހްމަދާއި އިސްމާއީލް މިގްލާލް އޭޝިއާން ސާފިން ޗެމްޕިއަންޝިޕްގެ ހަތަރުވަނަ ބުރަށް

ފޮޓޯ: ސިޑިބަރި

ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއާން ސާފިން ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ހޫދު އަހްމަދާއި އިސްމާއީލް މިގްލާލް (އިއްސެ) ވަނީ އެމީހުންގެ ހީޓްތަކުން އެއްވަނަ ހޯދައި، މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފައެވެ.

މުބާރާތުގެ ތިންވަނަ ބުރުގެ މައިގަނޑު ނަތީޖާތައް:

10 ވަނަ ހީޓް:
1. ހޫދު އަހްމަދު (ދިވެހިރާއްޖެ) – 13.16 ޕޮއިންޓް
2. މުހައްމަދު އާފިގް ހައިކަލް (މެލޭޝިއާ) – 10.17 ޕޮއިންޓް
3. ނަޓްރީ ޖަރިޔާވަޓާނާވިޖިތު (ތައިލެންޑް) – 8.20 ޕޮއިންޓް
4. ޝާން އަރްޖަން ބަހްރްލޫމީ (އިރާން) – 2.43 ޕޮއިންޓް

11 ވަނަ ހީޓް:
1. އިސްމާއީލް މިގްލާލް (ދިވެހިރާއްޖެ) – 9.17 ޕޮއިންޓް
2. އަޖީޝް އަލީ (އިންޑިއާ) – 9.00 ޕޮއިންޓް
3. ކޮކޫ ހަންނާޑީޖް (ސްރީ ލަންކާ) – 7.08 ޕޮއިންޓް
4. އަފްރީދުމް އަމޫ (އަފްޣާނިސްތާން) – 4.43 ޕޮއިންޓް

މީގެ އިތުރުން، މެންދުރު ކުރިން ބޭއްވުނު ހީޓްތަކުން ރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަން އަހްމަދު އާގިލް (އަންމަޑޭ) އާއި އިސްމާއީލް ރަޝީދު (ސްމައިލީ) ވެސް ވަނީ ހަތަރުވަނަ ބުރަށް ކޮލިފައިވެފައެވެ.

މި ނަތީޖާތަކާއެކު، ރާއްޖޭގެ ޖުމުލަ ހަތަރު އެތުލީޓުން ވަނީ މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފައެވެ. މިއީ ރާއްޖޭގެ ސާފިންގ އަށް ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *