ސޮނީ ޕިކްޗާސް އިން ނެރުނު އަދި ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކޮށްފައިވާ ”ސްޕައިޑާ މޭން: ބްރޭންޑް ނިއު ޑޭ“ އަކީ ދުނިޔޭގެ ބޮކްސް އޮފީހުގެ ތާރީޚުގައި މިހާތަނަށް ހަ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ޝަރަފު ހޯދައިފިއެވެ.
މި ފިލްމު ވަނީ 2.22 ބިލިއަން ޑޮލަރުގެ ޖުމްލަ އާމްދަނީއަކާއެކު، 2015 ވަނަ އަހަރު ރިލީޒްކުރި ”ސްޓާ ވޯސް: ދަ ފޯސް އެވޭކެންސް“ (2.07 ބިލިއަން ޑޮލަރު) ފަހަނައަޅައި ގޮސްފައެވެ. މިހާރު މި ފިލްމުގެ ކުރީގައި ފަސް ވަނައިގައި އޮތީ 2.26 ބިލިއަން ޑޮލަރާއެކު ”ޓައިޓޭނިކް“ އެވެ.
ރިލީޒްކުރިތާ ހަތަރު ވަނަ ހަފުތާ ބަންދުގައި 39 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި މި ފިލްމަކީ ސޮނީގެ ތާރީޚުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އަދި މިއީ 2021 ވަނަ އަހަރުގެ ”ސްޕައިޑާ މޭން: ނޯ ވޭ ހޯމް“ ފަހަތަށް ޖައްސާލުމަށްފަހު، ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ތިން ވަނަ ފިލްމުގެ މަގާމު ހޯދާފައިވާ ފިލްމެވެ. ޓޮމް ހޮލެންޑް، ޒެންޑާޔާ، ސޭޑީ ސިންކް އަދި ޖޯން ބާންތަލް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އުފެއްދުމެކެވެ.
މި ހަފުތާގެ ބޮކްސް އޮފީހުގެ ދެ ވަނަ ހޯދާފައިވަނީ 25.3 މިލިއަން ޑޮލަރުގެ އޯޕަނިންއަކާއެކު އަލަށް ރިލީޒްކުރި ބިރުވެރި ފިލްމު ”އިންސިޑިއަސް: އައުޓް އޮފް ދަ ފަދަރ“ އެވެ. 18 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމާއެކު މި ފްރެންޗައިޒްގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 800 މިލިއަން ޑޮލަރަށް އަރާފައެވެ. މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ސީ+ ސިނަމާސްކޯއެއް ލިބިފައިވެއެވެ.
ޔުނިވާސަލް އިން ގެނެސްދިން ކްރިސްޓޮފާ ނޯލަންގެ ”ދަ އޮޑީސީ“ އަށް 19.5 މިލިއަން ޑޮލަރާއެކު ތިން ވަނަ ލިބިފައިވާއިރު، މެޓް ޑޭމަން ލީޑް ރޯލު ކުޅޭ މި ފިލްމު ވަނީ ނޯލަންގެ ”ދަ ޑާކް ނައިޓް“ އަދި ”ޑެޑްޕޫލް އެންޑް ވުލްވަރިން“ އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފައެވެ.
ބޮކްސް އޮފީހުގެ ހަތަރު ވަނަ ”ޕީއޭޑަބްލިއު ޕެޓްރޯލް: ދަ ޑީނޯ މޫވީ“ އަށް (9.1 މިލިއަން ޑޮލަރު) ލިބުނުއިރު، ފަސް ވަނަ ލިބުނީ އޭން ހެތުވޭ އާއި އީވާން މެކްގްރެގޯގެ ”ދަ އެންޑް އޮފް އޯކް ސްޓްރީޓް“ (9 މިލިއަން ޑޮލަރު) އަށެވެ.
މީގެ އިތުރުން، ޖޭސަން ސްޓެތަމްގެ އައު އެކްޝަން ފިލްމު ”މިއުޓިނީ“ ވަނީ 7.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު ހަ ވަނައިގައި ހިމެނިފައެވެ. ޑައިރެކްޓަރު ޖީން-ފްރެންސުވާ ރިޗެޓްގެ 40 މިލިއަން ޑޮލަރުގެ މި ފިލްމަށް ބީ+ ސިނަމާސްކޯއެއް ލިބިފައިވެއެވެ.
މި ލިސްޓުގެ ހަތް ވަނައިގައި ”ޓޯނީ“ (5 މިލިއަން ޑޮލަރު) އޮތްއިރު، އަށް ވަނައިގައި އޮތީ 25 ވަނަ އަހަރީ ދުވަހާ ދިމާކޮށް އަލުން އެޅުވި ”ދަ ފާސްޓް އެންޑް ދަ ފިއުރިއަސް“ (3.1 މިލިއަން ޑޮލަރު) އެވެ. ނުވަ ވަނަ ”ސްޕާ ވީކެންޑް“ (3.05 މިލިއަން ޑޮލަރު) އަށް ލިބުނުއިރު، ދިހަ ވަނަ ހޯދާފައިވަނީ ”ޓީނޭޖް ސެކްސް އެންޑް ޑެތު އެޓް ކޭމްޕް މިއަސްމާ“ (1.9 މިލިއަން ޑޮލަރު) އެވެ. މީގެ އިތުރުން އެންޑްރޫ ގާފީލްޑްގެ ”ދަ މެޖިކް ފަރަވޭ ޓްރީ“ އަށް ލިބިފައިވަނީ 1.3 މިލިއަން ޑޮލަރެވެ.
މި ހަފުތާ ބަންދުގައި ފޯކަސް ފީޗާސްގެ ކުޑަ ބަޖެޓް ހޮރޯ ފިލްމު ”އޮބްސެޝަން“ ގެ އާމްދަނީ ވަނީ 501.6 މިލިއަން ޑޮލަރަށް އަރައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. 2026 ވަނަ އަހަރުގެ މިހާތަނަށް ޑޮމެސްޓިކް ބޮކްސް އޮފީހުގެ ޖުމްލަ އާމްދަނީ ވަނީ ހަތް ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައެ

