އީރާނުގެ މަސްދަރަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ އެތެރޭގެ ނާޒުކު ތަންތަނަށް ހުކުރު ދުވަހުގެ ހެނދުނު އިސްރާއީލުން ދިން ފުޅާ އަސްކަރީ ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޤުދުސް ފޯސްގެ ކޮމާންޑަރު އެސްމާއީލް ޤާނީ މަރުވެފައިވެއެވެ.
ޤާނީ އަކީ އީރާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް އަސްކަރީ ލީޑަރު ކަމަށާއި 2020 ވަނަ އަހަރު އަވަހާރަވުމުން ޤާސިމް ސުލައިމާނީގެ ފަހަތުން ޤުދުސް ފޯސްގެ ކޮމާންޑަރަކަށް ވެވަޑައިގެންނެވި ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި ނިއުކްލިއާ އަދި އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ހައިރާން ކުރުވަނިވި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފެށި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި އެވެ.
މި އަސްކަރީ ހާލަތު ގޯސްވެފައިވަނީ މި ސަރަހައްދުގައި މީގެ ކުރިން ނުފެންނަ ފިތުނަތަކެއް އުފެދިފައިވާއިރު، ހާލަތު ފުރިހަމަ ކުރިމަތިލުމަކަށް ވެއްޓިދާނެ ކަމުގެ އިންޒާރު ބައިނަލްއަގްވާމީ ގޮތުން ދީފައިވާ ދަނޑިވަޅެއްގަ އެވެ.

