އާދި. މާރޗް 15th, 2026

ހުރިހާ ފަރާތަކުން ހަމަލާ: އީރާނުން އިސްރާއީލަށް ބިމުން އަރައިގަތުމަށް ތައްޔާރުވެއްޖެ

އާރުޓީ، ރަޝިޔާ ޓުޑޭ އިން ހާމަކޮށްފައިވާ ގޮތުގައި އީރާނުން އިސްރާއީލަށް ބިމުން އަރައިގަނެ ހުރިހާ ދިމާލަކުން ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި އީރާނާ ކުރިމަތިލުން އެނބުރި ނުދާނެ ހިސާބަށް ގޮސްފައިވާ ކަމަށް ބެލެވެއެވެ.

ރަޝިޔާ ޓުޑޭ އިން ބުނާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ޕްރޮކްސީން މެދުވެރިކޮށް އިސްރާއީލު ނައްތާލުމަށް ރާވާފައިވާކަން ކަށަވަރުކޮށްދީފައެވެ. މި ޕްލޭންގައި ހިމެނެނީ ގްރައުންޑް އެޓޭކާއި އެތައް ފަހަރަކު އަލިފާނުގެ ހަމަލާތަކެވެ. 

އިސްރާއީލު ސިފައިން ބުނީ ”މިއީ ފިޔަވަޅު އަޅަން އެންމެ އެކަށީގެންވާ ވަގުތު. މިރޭ ފެށި އޮޕަރޭޝަން ބޭނުންވާ ގޮތަށް ތަރައްގީވާނެ. އަޅުގަނޑުމެން މިތިބީ މުޅިން ތަފާތު ހަގީގަތެއްގައި، އަދި އޭގެ ބޮޑުމިނާ އެއްވަރުގެ ޒިންމާއެއް އުފުލަން ޖެހޭ. އީރާނުން އެއްވެސް މިސައިލެއް ފޮނުވާލުމުގެ ގާތްގަނޑަކަށް ދިހަ މިނެޓް ކުރިން އަވަސް އިންޒާރު ދިނުމުގެ ގާބިލްކަން އަޅުގަނޑުމެންނަށް އެބައޮތް“ ކަމަށެވެ.

ޝަބީބާ ނޫސް އެޖެންސީ އިން މިކަން ކަށަވަރުކޮށްދީ ރިޕޯޓްކޮށްފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *