ހޯމަ. ޑިސެމް 23rd, 2024

އިންޑޯމިލްކުން ބޮޑު އިނާމުތަކަކާއެކު ޕްރޮމޯޝަނެއް ފަށައިފި

ދިވެހިންގެ މެދުގައި މަގްބޫލު ބްރޭންޑެއް ކަމުގައިވާ އިންޑޯމިލްކުން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގައި ބޮޑު އިނާމެއްގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅާފައިވާއިރު، ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ވެސް އަގުހުރި އިނާމުތަކެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ”ސްކްރެޗް އެންޑް ވިން“ ލޯގޯ ހިމެނޭ އިންޑޯމިލްކް ޕެކެޓެއް ގަނެގެންނެވެ. ޕެކެޓުގައި ހިމެނޭ ”ސްކްރެޗް އެންޑް ވިން“ ކަހާލުމުން ފެންނަ ކިއުއާރު ކޯޑު ސްކޭން ކޮށް، ލިންކަށް ގޮސް މަޢުލޫމާތު ފުރިހަމަކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ވީކްލީ އަދި މަންތްލީ އިނާމުތަކުގެ ގޮތުގައި 50 ސްކޭޓް ބޯޑާއި ސްކޫޓަރު އަދި 100 ގިފްޓް ވައުޗަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުތައް ލިބޭ ކަސްޓަމަރުން އެމްޔޫ ސްޓޯރުގެ ސޯޝަލް މީޑިއާގައި އިޢުލާނުކުރާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ.

އިންޑޯމިލްކުގެ އެކި ފްލޭވާތަކުގެ ޕެކެޓު ހުރެއެވެ. އެމްޔޫ ސްޓޯރުން އެތެރެކޮށް ވިއްކާ އިންޑޯމިލްކު ރާއްޖޭގެ ގިނަ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *