އަން. ޑިސެމް 24th, 2024

ރަޝިޔާގެ ރައީސް ޕޫޓިން ތުރުކީގެ ރައީސް އުރުދުޣާނަށް ކުއްލި ފޯނުކޯލެއް ކުރައްވައިފި

ރަޝިޔާގެ ރައީސް ވްލަދިމީރު ޕޫޓިން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ކުއްލި ގޮތަކަށް ފޯނުކޯލެއް ކުރައްވައިފިއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއިން ބުނެފައިވާ ގޮތުގައި، މި ފޯނުކޯލުގައި ދެ ރައީސުން ދައްކަވާފައިވަނީ ކަންބޮޑުވާ ފަދަ ވާހަކަތަކެއް ނޫނެވެ.

ދެ ރައީސުންގެ މަޝްވަރާތަކުގައި:

– އޮކްޓޯބަރު 23 ގައި ރަޝިޔާގެ ކަޒާންގައި ބޭއްވުނު ބްރިކްސް ސަމިޓްގައި ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
– ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަދަދު އިތުރުކުރުމާ ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ.
– ބްރިކްސް ޖަމާޢަތް ފުޅާކުރުމާއި ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
– ރަޝިޔާގެ އެހީގައި ތުރުކީގައި ބިނާކުރަން ތައްޔާރުވަމުންދާ ނިއުކްލިއަރ އިންޖީނުގެއާ ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ.
– މެދުއިރުމަތީގައި އޮތް ނުތަނަވަސްކަމަށް އަވަސް ހައްލެއް ގެނައުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ޕޫޓިންގެ އަރިސް ދެ ލީޑަރުންގެ ތެރެއިން އެކަކީ ތުރުކީގެ ރައީސް އުރުދުޣާން ކަމަށާއި، އަނެކަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށް ކްރެމްލިންއިން ފާހަގަކޮށްފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *