އަން. ޑިސެމް 24th, 2024

ބަންގްލަދޭޝްގެ މުޒާހަރާތަކުގައި ޒަޚަމްވި ފަރާތްތަކަށް ރޮބޮޓިކް އަތްތައް ލިބިއްޖެ

ބަންގްލަދޭޝްގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް ކުރެވުނު އިންޤިލާބުގައި ޒަޚަމްވެ އަތް ގެއްލުނު މުޒާހަރާކުރިންނަށް ރޮބޮޓިކް އާޓިފިޝަލް އަތްތައް ލިބިއްޖެއެވެ. މި އަތްތަކަކީ ރަބަރުން ހަދާފައިވާ ރޮބޮޓިކް އަތްތަކެކެވެ.

ބުރާސްފަތި ދުވަހު ފަސް ދަރިވަރަކަށް މި އާޓިފިޝަލް އަތްތައް ހަރުކޮށްދެވުނެވެ. މިއީ މަސްތަކެއް ވަންދެން ކުރެވުނު މުޒާހަރާތަކުގައި އަތް ގެއްލުނު ދަރިވަރުންނެވެ. މި މުޒާހަރާތަކުގައި ފުލުހުންގެ އަނިޔާވެރި ޢަމަލުތަކުގައި މަދުވެގެން 700 މީހުން މަރުވިއެވެ.

”މި އާޓިފިޝަލް އަތުން އަހަރެން ދުވަހުން ދުވަހަށް ކުރަންޖެހޭ ބައެއް ކަންކަން ކުރެވޭނެ،“ މިހެން ބުނީ އޯގަސްޓް 5 ވަނަ ދުވަހު ވަޒަނުން އޭނާގެ ކަނާތު އަތް ގެއްލުނު 19 އަހަރުގެ ދަރިވަރު ހަފީޒް މުޙައްމަދު ޙުސައިނެވެ.

އާޓިފިޝަލް އަތްތައް އުފައްދާ ބަންގްލަދޭޝްގެ ކުންފުންޏެއް ކަމަށްވާ ރޮބޯލައިފް ޓެކްނޮލޮޖީސްއިން ބުނާ ގޮތުގައި މި އާޓިފިޝަލް އަތްތަކުގައި ނާރުތަކާ ގުޅާފައިވާ ސެންސަރުތައް ބޭނުންކޮށްގެން އަތް ހިންގާލެވެއެވެ. މި އަތްތަކުން އެއްޗެހި ހިފުމާއި، ޓައިޕްކުރުމާއި ފޯނު ބޭނުންކުރެވޭނެއެވެ.

އަތް ގެއްލުނު ފަރާތްތަކުގެ ތެރޭގައި ވަޒަނުން އަތް ގެއްލުނު މީހުންނާއި، ހަސީނާގެ ޕާޓީއަށް ތާއީދުކުރާ ބަޔަކު އަތް ކަނޑާލި މީހުން ހިމެނެއެވެ. އާޓިފިޝަލް އަތްތައް ލިބުމުން ބައެއް ފަރާތްތަކަށް އަމިއްލަ ވިޔަފާރިއެއް ފެށުމުގެ އުންމީދު ލިބިފައިވެއެވެ.

މި އާޓިފިޝަލް އަތްތައް ހަރުކޮށްދިނުމަކީ މުޒާހަރާތަކުގައި ޒަޚަމްވި ފަރާތްތަކަށް ލިބުނު މުހިންމު އެހީތެރިކަމެކެވެ. ނަމަވެސް، އަދިވެސް ގިނަ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަން ލިބިފައިނުވާ ކަމަށް ބުނެއެވެ. މުޒާހަރާތަކުގައި ޒަޚަމްވި ފަރާތްތަކުން މި މަހުގެ ކުރީކޮޅު ބޭއްވި ހިނގާލުމެއްގައި ވަގުތީ ސަރުކާރުން އެމީހުންނަށް އެހީތެރިވުމަށް ގޮވާލާފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *