ވޯލްޑް ފުޑް ޕްރޮގްރާމުން އާދީއްތަ ދުވަހު ބުނީ ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެއް މިލިއަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުއްލި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
”މި ބަންދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ހަލުވިވެގެން ދިއުމަކީ ވަގުތުން އިންސާނީ އިޖާބަ ދޭން ޖެހޭކަން ފާހަގަކުރެވޭ ކަމެއް،“ ރޯމްގެ އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެޖެންސީން އެގައުމުގެ އެކި ކަންކޮޅުތަކުގައި ހުންނަ ހިޔާތަކަށް ކާބޯތަކެތީގެ ޕާރުސަލްތައް ބަހަމުން އަންނަ ކަމަށެވެ.
ބެއިރޫތުގެ ބޭރުގައި ދިން ބޮމުގެ ހަމަލާތަކުގައި އީރާނަށް ތާއީދުކުރާ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަކޮށްލިތާ ދެ ދުވަސް ފަހުން އިޒްރޭލުން ލުބުނާނުގެ ހިޒްބުاللهގެ އެތައް އަމާޒަކަށް އާ ވައިގެ ހަމަލާތަކެއް ދެމުން އަންނަ ކަމަށް އިޒްރޭލުން ބުނެފި އެވެ.
ލުބްނާނަށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ޖަމާވެފައިވާ ކާރިސާތަކުގެ ސަބަބުން ބުރަވެފައިވާ އާބާދީއެއްގެ ނާޒުކުކަން އިތުރުވަމުންދާ ކަމަށް ޑަބްލިއުއެފްޕީން ބުނެއެވެ.
”މަދު ދުވަސްކޮޅެއްގެ ތެރޭގައި ޑަބްލިއުއެފްޕީގެ އެހީތެރިކަން އަލަށް ގެދޮރު ގެއްލުނު އެތައް ހާސް ބަޔަކަށް ވަނީ ފޯރާފައި،“ އެ ޕްރޮގްރާމްގެ ލުބުނާނަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު މެތިއު ހޮލިންގްވޯތު ވިދާޅުވެފައިވެ އެވެ.
”މި މައްސަލަ އިތުރަށް ގޯސްވަމުންދާއިރު، ނަގުދު ފައިސާ އާއި ކާބޯތަކެތީގެ އެހީގެ ތެރެއިން އެއް މިލިއަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން މިދަނީ،“ މި އަހަރުގެ ނިޔަލަށް މި އޮޕަރޭޝަނަށް ފަންޑު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް 105 މިލިއަން ޑޮލަރު ޖަމާކުރުމަށް އޭނާ ގޮވާލެއްވި އެވެ.
ޑަބްލިއުއެފްޕީގެ ރީޖަނަލް ޑައިރެކްޓަރު ކޮރިން ފްލީޝަރ ވިދާޅުވީ ލުބްނާން އޮތީ ބްރޭކިން ޕޮއިންޓެއްގައި ކަމަށާއި އިތުރު ހަނގުރާމައަކަށް ކެތް ނުކުރެވޭނެ ކަމަށެވެ.