ބުދަ. ޑިސެމް 25th, 2024

ރަޝިޔާގެ ”ސްޕައި ވޭލް“ ބެލޫގާ ވޭލް މަރުވެފައި ނޯވޭއިން ފެނިއްޖެ

ރަޝިޔާއިން ޖާސޫސްކުރުމަށް ތަމްރީންކޮށްފައިވާ ކަމަށް ތުހުމަތުކުރާ، ބެލޫގާ ވޭލެއް މަރުވެފައި އޮއްވައި ނޯވޭއިން ފެނިއްޖެއެވެ.

މި ހުދުކުލައިގެ ވޭލަށް ”ޖާސޫސް“ މަޝްހޫރުވީ 2019 ވަނަ އަހަރު އޭގެ ކަރުގައި ކެމެރާ ހަރުކުރެވޭ ގޮތަށް އަޅުވާފައިވާ ކަމަރެއް ފެނުމާ ގުޅިގެންނެވެ. އެ ކަމަރުގައި ރަޝިޔާގެ ނަން ލިޔެފައި އޮތެވެ. އޭރު ނޯވޭގެ މެރިން ބަޔޮލޮޖިސްޓުން ވަނީ އެ ކަމަރު ނައްޓާލުމަށް ފަހު މަސް ދޫކޮށްލައިފައެވެ.

ނޯވޭގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އެއީ ރަޝިޔާއިން ޖާސޫސްކުރުމުގެ ބޭނުމަށް ވޭލް ތަމްރީންކުރާ ތަނެއްގެ ތެރެއިން ދޫވެގެން އުޅޭ އެއްޗަކަށް ވެދާނެއެވެ. އެހެން ބޮޑަށް ބެލެވެނީ އެ ވޭލް އިންސާނުންނާ ވަރަށް އެކުވެރިކޮށް ވެސް ފެންނާތީ ކަމަށް ބުނެފައިވެއެވެ.

މަރުވެފައި އޮއްވައި ވޭލް ފެނުނީ ”މެރިން މައިންޑް“ ޖަމްޢިއްޔާގެ މީހަކަށެވެ. އެ ޖަމްޢިއްޔާއިން ބުނެފައިވަނީ ވޭލްގެ ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމަށެވެ.

މި ތުހުމަތާ ގުޅޭ ގޮތުން ރަޝިޔާއިން މިހާތަނަށް އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *