ހޯމަ. ޑިސެމް 23rd, 2024

ސްވިޑެންގައި ޚަތިމް އަންދާލި ދެ މީހެއްގެ މައްޗަށް ދަޢުވާކޮށްފި

ސްވިޑެންގައި މިދިޔަ އަހަރު ބޭއްވި މުޒާހަރާތަކުގައި ޚަތިމްތަކެއް އަންދާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކަމަށް އެ ގައުމުގެ ކޯޓަކުން ބުދަ ދުވަހު ހާމަކޮށްފިއެވެ.

ދަޢުވާ އުފުލާފައިވަނީ ސަލްވާން މުމީކު އާއި ސަލްވާން ނަޖޭމް ގެ މައްޗަށެވެ. މި ދެ މީހުން ވަކިވަކިން ހަތަރު ފަހަރެއްގެ މަތިން ”ނަސްލީ ނުވަތަ ގައުމީ ޖަމާޢަތަކާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ކުށްތައް“ ހިންގާފައިވާ ކަމަށް ކޯޓުން ބުނެފައިވެއެވެ.

ސީނިއާ ޕްރޮސެކިއުޓަރު އަނާ ހަންކިއޯ ވިދާޅުވީ މި ދެ މީހުންގެ މައްޗަށް ދަޢުވާ ކުރަނީ ހަތަރު ފަހަރަށް މުސްލިމުންނަށް ފުރައްސާރަކޮށް ޤުރުއާނާމެދު ކަންތައް ކުރި ގޮތުންކަމަށެވެ. އަދި މި މައްސަލައިގައި މައިގަނޑު ހެކިތަކަކީ ވީޑިއޯ ރެކޯޑިންތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ސްޓޮކްހޯމްގެ މައި މިސްކިތު ކުރިމަތީގައި ޚަތިމްތަކެއް އަންދާލާފައިވަނީ ޢީދުލް އަޟްޙާ ދުވަހުއެވެ. މި ޢަމަލު ހިންގާފައިވަނީ ފުލުހުންގެ ހުއްދައާއެކު ބޭއްވި މުޒާހަރާއެއްގައެވެ. މި ކަމާ ގުޅިގެން އިސްލާމީ ގިނަ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *