ހޯމަ. ޑިސެމް 23rd, 2024

ޕުޓިން ހައްޔަރުކުރުމަށް މޮންގޯލިއާއަށް ޔޫކްރެއިނުން ގޮވާލައިފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ރަޝިއާގެ ރައީސް ވުލަޑިމިއާ ޕުޓިން ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރާ އެއްގޮތަށް އޭނާ ހައްޔަރުކޮށްދިނުމަށް ޔޫކްރެއިނުން މޮންގޯލިއާ ސަރުކާރަށް އެދިއްޖެއެވެ. މި އެދުމަކީ އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ޕުޓިން މޮންގޯލިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރާ ގުޅިގެން އައި އެދުމެކެވެ.

ޔޫކްރެއިނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، ”އަޅުގަނޑުމެން ގޮވާލަން މޮންގޯލިއާގެ ކަމާބެހޭ ފަރާތްތަކަށް އައިސީސީން ނެރެފައިވާ އަމުރަށް އަމަލުކޮށް ހޭގްގައި ހުންނަ އައިސީސީއަށް ޕުޓިން ގެންދިއުމަށް,“ މިފަދައިންނެވެ.

އައިސީސީން ޕުޓިން ހައްޔަރު ކުރުމަށް އަމުރު ނެރެފައިވަނީ މިދިޔަ މާޗްމަހު، ޔޫކްރޭނުން އެތައް ސަތޭކަ ކުޑަކުދިންނެއް ގަވާއިދާ ޚިލާފަށް ރަޝިއާއަށް ގެންދިޔަ ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ރަޝިއާއިން މި ތުހުމަތު ދޮގުކޮށް، އެއީ ސިޔާސީ ގޮތުން ޕުޓިންއަށް ކުރާ ދައުވާއެއް ކަމަށް ބުނެފައިވެއެވެ.

އައިސީސީގެ 124 މެމްބަރު ޤައުމުތަކުން، މޮންގޯލިއާ ހިމެނޭ ގޮތަށް، މި އަމުރު ތަންފީޒުކުރަން ޖެހެއެވެ. އެގޮތުން މެމްބަރު ގައުމުތަކުގެ ތެރެއިން ގައުމަކަށް ޕުޓިން ވަޑައިގެންފިނަމަ، ހައްޔަރުކުރުމަށް ކޯޓު އަމުރުގައި ލާޒިމްކޮށްފައިވެއެވެ.

ޔޫކްރެއިނުން މިފަދަ އެދުމެއް އެދުނު ނަމަވެސް، ރަޝިއާއިން ބުނެފައިވަނީ ޕުޓިންގެ ދަތުރަށް ބަދަލެއް ނާންނާނެ ކަމަށެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *