އަން. ޑިސެމް 24th, 2024

އިނގިރޭސިވިލާތުގައި ވޭޕްކުރުމުގެ އާދަ ފެތުރެމުންދާތީ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި

Photograph: Nicholas.T Ansell/PA

އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވޭޕްކުރުމުގެ އާދައިން ޒުވާނުންނާއި ކުޑަކުދިން ސަލާމަތް ކުރުމަށްޓަކައި ޑިސްޕޮސެބްލް އީސިގިރެޓާއި އޭގެ ފްލޭވާތައް މަނާކުރުމަށް އެ ގައުމުގެ އިސް ޑޮކްޓަރުންގެ ޓީމަކުން ސަރުކާރަށް ގޮވާލައިފިއެވެ. މި ގޮވާލުން އައިސްފައިވަނީ ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން (ބީއެމްއޭ) އިން ޝާއިއުކުރި ލިޔުމަކާ އެކުގައެވެ.

ބީއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތައް:

1. ކުޑަކުދިންނަށް އަމާޒުކޮށްގެން ކުލަތަކާއި ބްރޭންޑިންގ އަދި ޚާއްޞަ ރަހަތައް ބޭނުންކުރަނީ ނިކޮޓީން އެޑިކްޝަނަށް މަގުފަހިކުރުމަށް.
2. 11-17 އަހަރުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 8% ކުދިން ވޭޕް ކުރާ ކަމަށް ލަފާކުރެވޭ.
3. މިދިޔަ 10 އަހަރު ތެރޭ ކުޑަކުދިންނާއި ޒުވާނުން ވޭޕްކުރާ މިންވަރު 6 ގުނަ އިތުރުވެފައިވޭ.

ބީއެމްއޭގެ ބޯޑް އޮފް ސައިންސްގެ ޗެއާމަން ޕްރޮފެސަރު ޑޭވިޑް ސްޓްރޭން ވިދާޅުވެފައިވަނީ މިހާރު ދިރިއުޅެމުންދަނީ ”ވޭޕްގެ ބޮޑު ރޯގާއެއްގެ“ ތެރޭގައި ކަމަށެވެ. އަދި ކުޑަކުދިންނަށް އިތުރު ރައްކާތެރިކަން ބޭނުންވާ ކަމަށް އޭނާ ފާހަގަކުރައްވައެވެ.

ޑޮކްޓަރުން ގޮވާލާފައިވަނީ އާދައިގެ ސިގިރެޓާ މެދު ގެންގުޅޭ އުސޫލުތައް (އިންޒާރުގެ ލިޔުންތައް ހިމެނުމާއި ފްލޭވާތަކާއި ބްރޭންޑިން މަނާކުރުން) އީ-ސިގިރެޓާ މެދުވެސް ގެންގުޅުމަށެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާއި ޑިސްޕޮސެބްލް އީ-ސިނގިރެޓް ކޮންޓްރޯލްކުރުމުގެ ޕްލޭނެއް އިއުލާނުކޮށްފައެވެ. ނަމަވެސް މިހާރުގެ ސަރުކާރުން މި ޕްލޭން ކުރިއަށް ގެންދާނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *