އަން. ޑިސެމް 24th, 2024

ރަޝިޔާއިން ޔޫކްރެއިންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

via REUTERS

ރަޝިޔާއިން ޔޫކްރެއިންގެ 10 ސަރަހައްދަކަށް އިއްޔެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ބުނާ ގޮތުގައި މިއީ މި ފަހަކަށް އައިސް ރަޝިޔާއިން އެ ގައުމަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

މި ހަމަލާތަކުގައި 200 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްފައިވާ ކަމަށް ވެއެވެ. ހަމަލާތައް އަމާޒުކޮށްފައިވަނީ ޔޫކްރެއިންގެ އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗަރއަށެވެ. މީގެ ތެރޭގައި ޔޫކްރެއިންގެ ވެރިރަށް ކިޔޭވްވެސް ހިމެނެއެވެ.

ޔޫކްރެއިންގެ މަސްއޫލުވެރިން ބުނާ ގޮތުގައި މިއީ ޔޫކްރެއިނުން ރަޝިޔާގެ ކުރްސުކް ސަރަހައްދަށް ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. ކުރްސުކް ސަރަހައްދަށް ޔޫކްރެއިންގެ 10,000 ސިފައިންގެ ފައުޖެއް ވަދެގަނެ ހަމަލާ ދިން ކަމަށް ރަޝިޔާއިން ބުނެފައިވެއެވެ.

ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ އެތައް ސަރަހައްދަކުން ފެނާއި ކަރަންޓު ކެނޑިފައިވާ ކަމަށް ޔޫކްރެއިން ބުނެއެވެ. އަދި މި ހަމަލާތަކުގައި ހައިޕަރސޮނިކް މިސައިލްތައް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވީ ނަމަވެސް، ރަޝިޔާއިން މިކަން ކަށަވަރުކޮށްފައެއް ނުވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *