ހޯމަ. ޑިސެމް 23rd, 2024

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީ، ޒަޙަމްވެއްޖެ

ޕެންސިލްވޭނިއާގެ ބަޓްލަރުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީފިއެވެ. ޓްރަމްޕް ގަޔަށްޖެހި ވަޒަން ކަނާއަތު ކަންފަތުގެ މަތީ ބައި ފޫއަޅުވާލި ކަމަށް ޓްރަމްޕް ވަނީ  ޓްރުތު ސޯޝަލްގައި ޓްރަމްޕު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ. ޕެންސިލްވޭނިއާއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ތޯމަސް މެތިއު ކްރޫކްސް ނަމަކަށް ކިޔާ ހަމަލާދިން މީހާ މަރާލުމަށް ފަހު ސީކްރެޓް ސާވިސް އިން ވަނީ ޓްރަމްޕްގެ ހާލު ރަނގަޅު ކަމަށާއި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމށް ކަށަވަރުކޮށްދީފަ އެވެ. މި ހާދިސާގައި ކެމްޕޭން އެއްވުމުގައި ބައިބެރިވި އެކަކު ފުރާނަ ވަނީ ގެއްލިފައެވެ. އަދި އިތުރު ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

ޑޮނަލްޑް ޓްރަމްޕް މަރާލުމަށް ހަމަލާދިން މައްސަލަ މިހާރު އެފްބީއައި އިން ބަލަން ފަށައިފިއެވެ. އެއްވުމުގައި ބައިވެރިވި މީހުން މަންޒަރުތައް ސިފަކުރި ގޮތުގައި، ބަޑީގެ ހަމަލާތައް ދިނުމުން ބިރުވެރިކަމާއި އޮޅުންބޮޅުންތަކެއް އުފެދި، ސަލާމަތީ ބާރުތަކުން ވަގުތުން ފިޔަވަޅުތައް އެޅާފައިވެއެވެ. މި ހާދިސާގެ ފެންނަ ފެނުމުގައި ޒަޙަމްވެފައިވާ ޓްރަމްޕް ވަނީ ހޮސްޕިޓަލަކަށް ވަގުތުން ގެންގޮސް ފަރުވާދިނުމަށް ފަހު ދޫކޮށްލާފަ އެވެ.

ބަޑީގެ ހަމަލާއަށް ރައްދު ދެއްވަމުން ރައީސް ބައިޑަން ވަނީ ހަމަނުޖެހުންތައް ކުށްވެރިކުރައްވައި މިފަދަ ހަރުކަށި އަމަލުތައް ހުއްޓުވުމުގައި ގައުމީ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ދެ ޕާޓީގެ ލީޑަރުން ވެސް ވަނީ ހައިރާންކަމާއި އެއްބައިވަންތަކަން ފާޅުކޮށް، ހަމަލާގެ މަގުސަދު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން އެކި ތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *