ހޯމަ. ޑިސެމް 23rd, 2024

ކްރައުޑްސްޓްރައިކްގެ އަޕްޑޭޓަކުން ދުނިޔެ ހުއްޓުމަކަށް އައިސް، ބޮޑެތި ކުންފުނިތަކާއި ސަރުކާރުތައް ކުއްލި ޙާލަތަކަށް

ކްރައުޑްސްޓްރައިކުން މިހާރު ވަނީ މި މައްސަލަ ޤަބޫލުކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި ހައްލެއް ހޯދުމަށް މަސައްކަތް ފަށާފައެވެ. މި ހާދިސާއަކީ ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ފަހަކަށް އައިސް ދިމާވި އެންމެ ބޮޑު އެއް މައްސަލަ ކަމުގައި މާހިރުން ދަނީ ބުނަމުންނެވެ.

ހުޅަގުގެ ބައެއްގައުމުތަކުގެ ބޭންކުތަކާއި، އެއަރލައިންތަކާއި، ޓީވީ ބްރޯޑްކާސްޓަރުން މިކަމާ ގުޅޭ އިންޒާރު ދަނީދެމުންނެވެ، ދުނިޔޭގެ ބައެއް ބޮޑެތިގައުމު ތަކުގެ ސަރުކާރުން ވަނީ ކުއްލި ބައްދަލުވުމެއް ބޭއްވާ، އެއާޕޯޓުތައްވެސް ވަގުތީގޮތުން ސަސްޕެންޑުކޮށްފައެވެ.

ދުނިޔޭގެ އެތައް ޤައުމެއްގައި ވިންޑޯސް ކޮމްޕިއުޓަރުތައް ހުއްޓުމަކަށް އައިސް، ބޭންކުތަކާއި އެއަރޕޯޓުތަކުގެ މަސައްކަތްތަކަށް ބުރޫއަރައިފިއެވެ. ކްރައުޑްސްޓްރައިކްގެ އެންމެ ފަހުގެ އަޕްޑޭޓުގެ ސަބަބުން ދިމާވި މި މައްސަލައިގައި ގިނަ ބަޔަކަށް ”ބްލޫ ސްކްރީން އޮފް ޑެތް“ ފެނިގެން ދިޔައެވެ

Related Post

Leave a Reply

Your email address will not be published. Required fields are marked *