ބުދަ. ސެޕްޓެ 2nd, 2026

ޣައްޒާގައި ކައިވެނިކުރުން: މުސްތަޙީލު ޚަރަދާއެކު ސާދާ ހުވަފެންތަކެއް

ފޮޓޯ އަލް ޖަޒީރާ

އިސްރާއީލުގެ އަނިޔާވެރި ހަނގުރާމައިގެ މެޝިނުން ބައެއް ސުންނާފަތިކޮށްލާފައިވާ އަމިއްލަ ގޭގެ ދޮރުމަތީގައި، ޣައްޒާގެ އުތުރުގެ ޖަބަލިއާ ކޭމްޕްގެ ރީނދޫ ރޮނގުން އެންމެ 300 މީޓަރު ދުރުގައި ހުރެ، އުމުރުން ތިރީސް އަހަރުގެ ޒުވާނާ ސަމެހް އަލިއަން މަސައްކަތް ކުރަމުން ދަނީ އައިސްކްރީމް ވިއްކައިގެން އާމްދަނީއެއް ހޯދުމަށެވެ. މީގެ ގާތްގަނޑަކަށް 10 އަހަރު ކުރިން ޔުނިވާސިޓީ ތަޢުލީމު ނިންމި ނަމަވެސް ދާއިމީ ވަޒީފާއެއް ނުލިބި ހުރި އަލިއަން، ކައިވެންޏަށް އެންމެ މަހެއް ވެފައިވާ އޭނާގެ އަންހެނުންނާއި އަމިއްލަ ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓަން ޖެހިފައިވަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ދަރަނިތަކާ އެކުގައެވެ.

ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާގެ މަސައްކަތްކުރާ އާބާދީގެ ކޮންމެ 5 މީހުންގެ ތެރެއިން ގާތްގަނޑަކަށް 4 މީހުންނަކީ ވަޒީފާއެއް ނެތް މީހުންނެވެ. މިގޮތުން ޣައްޒާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ ބިރުވެރި މިންވަރަކަށް، އެއީ 78 އިންސައްތައަށް އުފުލިފައެވެ.

އިންތިހާއަށް ބޮޑު ކައިވެނީގެ ޚަރަދުތައް

މިއަހަރުގެ ކުރީކޮޅު އދ. ގެ އެޖެންސީއެއް ކަމަށްވާ އުންރުވާ (UNRWA) އިން ވަގުތީ ވަޒީފާއެއް ލިބުމުން އަލިއަން ކައިވެނި ކުރަން ނިންމި ނަމަވެސް، އެ މަސްތަކުގައި ލިބުނު މުޅި އާމްދަނީއަކީވެސް ކައިވެނީގެ ޝަރުތުތަކުގެ ދެބައިކުޅަ އެއްބައިވެސް ފުއްދައިދެވުނު މިންވަރެއް ނޫނެވެ. އެންގޭޖްވި ހިސާބުން ފެށިގެން ހަފްލާ ނިމުމާ ހަމައަށް 10،000 އެމެރިކާ ޑޮލަރަށް ވުރެ ގިނަ ޚަރަދު ހިނގިއިރު، އާއިލާގެ އެހީތެރިކަމާ ނުލައި އެކަން ކުރެވޭކަށް ނެތެވެ.

ޣައްޒާގައި ކައިވެނީގެ ކަންކަން ހަމަޖެއްސުމަށް ހިނގާ ޚަރަދުތަކަށް ބަލާއިރު، އަނބިމީހާގެ ރަނާއި ހަދިޔާއަށް އެވްރެޖްކޮށް 6،000 ޑޮލަރު ހޭދަވެއެވެ. އަދި ހަނގުރާމައިގައި ގިނަ ހޯލްތައް ހަލާކުވެފައިވާއިރު، އާދައިގެ ފެންވަރެއްގެ ހޯލެއް ބުކްކުރުމަށް 600 ޑޮލަރު، ކައިވެނީގެ ހެދުމާއި ބިއުޓީ ސެލޫން އަދި ފޮޓޯގްރަފީއަށް ގާތްގަނޑަކަށް 1،000 ޑޮލަރު ޚަރަދުވެއެވެ. މީގެއިތުރުން ކައިވެނީގެ ކެއުމަށް 1،000 ޑޮލަރު އަދި ކާރު ކުއްޔަށް ހިފުމާއި މެހެމާނުން އުފުލުމަށް 400 ޑޮލަރު ހޭދަވާއިރު، ދިރިއުޅޭނެ ކޮޓަރިއެއް ނުވަތަ ޓެންޓެއްގައި އެންމެ އަސާސީ ގޮދަޑިއާއި ކުއިލްޓް ފަދަ ތަކެތި ހަމަކުރުމަށްވެސް ބޮޑު ޚަރަދެއް ހިނގައެވެ. ހަމައެއާއެކު، އިސްރާއީލުން ޣައްޒާއަށް ލަކުޑި އެތެރެކުރުން މަނާކޮށްފައި އޮތުމުގެ ސަބަބުން ބާޒާރުން ކޮޓަރި ސެޓެއް ގަންނަން ލިބެންވެސް ނެތެވެ.

އިޤްތިޞާދީ ދިރާސާވެރިޔާ ޑރ. ސައިފް އަލްދީން އައުދާ ތައްޔާރުކުރެއްވި ދިރާސާއަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ ތެރޭގައި ޢާއިލާއަކުން ޚަރަދުކުރާ ކޮންމެ 100 ޑޮލަރަކީ، ލިބޭ މުދަލާއި ޚިދުމަތަށް ބަލާއިރު ހަނގުރާމައިގެ ކުރީގެ އަގުތަކުން އެންމެ 33 ޑޮލަރުގެ އަގުހުރި މިންވަރެކެވެ.

ކައިވެންޏަށް އެންމެ ދެ ހަފްތާ ވީތަނާ އަލިއަންގެ ވަގުތީ ވަޒީފާ ނިމުމަކަށް އައުމުން، މަޖުބޫރުވެގެން ފެށި އައިސްކްރީމް ވިއްކުމުގެ މަސައްކަތުން ދުވާލަކު ލިބެނީ އެންމެ 10 ޑޮލަރެވެ. މިއީ ދެ މިލިއަނަށް ވުރެ ގިނަ ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުމުގެ ކުޑަ މިންވަރެކެވެ.

ފަލަސްތީނުގެ ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމައިގައި ސުންނާފަތިވެފައިވާ އުތުރު ޣައްޒާގައި ފަސް މީހުންގެ އާއިލާއަކަށް އެންމެ އާދައިގެ އެއް ކެއުން ތައްޔާރުކުރުމަށްވެސް ގާތްގަނޑަކަށް 39 އެމެރިކާ ޑޮލަރު ޚަރަދުވެއެވެ. މިއީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އާމްދަނީ ލިބޭނެ ހުރިހާ ދޮރުތަކެއް ބަންދުވެފައިވާ މި ދަނޑިވަޅުގައި، ގިނަ އާއިލާތަކަށް ދުވާލަކު އެއް ފަހަރު ކެއުންވެސް މުސްތަޙީލު ކަމަކަށް ހަދައިދޭ ބޮޑު ބުރައެކެވެ. އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޣައްޒާގެ ޒުވާނުންނަށް ކުރިމަތިވެފައިވާ މިފަދަ ހިތްދަތި ހާލަތްތަކުގެ ސަބަބުން، ކައިވެނިކޮށް ދިރިއުޅުމެއް ފެށުމުގެ ސާދާ އުންމީދުތައްވެސް މިއަދު ވަނީ ވޭނަކަށް ބަދަލުވެފައެވެ.

ވަޒީފާއެއް ނެތުން އަދި އިންތިހާއަށް އުފުލިފައިވާ ތަކެތީގެ އަގު

Related Post

Leave a Reply

Your email address will not be published. Required fields are marked *