ހޮނި. މާރޗް 14th, 2026

ހަންގޭރީގައި އަތުލައިގަތް “ޒެލެންސްކީގެ“ ފައިސާއާ ބެހޭ ގޮތުން އެތައް ސުވާލެއް އުފެދިއްޖެ

ޔޫކްރޭންގެ ދައުލަތުގެ އޮޝަޑްބެންކުން ވަނީ އެ ބޭންކުގެ މުވައްޒަފުން ގެންދިޔަ އަތުލައިގަތް ”ކޭޝް އިން ޓްރާންސިޓް ވެހިކަލްތަކާއި“ އަގުހުރި ތަކެތި ހަންގޭރީއަށް އަނބުރާ ދިނުމަށް ޑިމާންޑްކޮށްފަ އެވެ. މި އަތުލައިގަތީ މަނީ ލޯންޑަރިންގެ ތަހުގީގަކާ ގުޅިގެން ހަންގޭރީގެ ކަމާބެހޭ ފަރާތްތަކުން އަތުލައިގަނެފައިވާ ދިހަ މިލިއަން ޑޮލަރުގެ ނަގުދު ފައިސާ އާއި ރަނެކެވެ. ހަންގޭރީން ބުނަނީ ތަހުގީގެއް ހިންގަމުންދާ ކަމަށާއި އެ ފައިސާ އަނބުރާ ދިނުމަށް އެއްވެސް އަވަސްކަމެއް ނެތް ކަމަށެވެ. ކިއެވް އާއި ބުޑަޕެސްޓާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ގަޒެޓާ.ރޫ ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ބޭންކުން ޑިމާންޑް ކުރަނީ އެ ފައިސާ އަނބުރާ ދިނުމަށެވެ

އޮޝަޑްބެންކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ”ކޭޝް އިން ޓްރާންސިޓް“ ޓީމުގެ ހަތް މެމްބަރަކު މާޗް މަހުގެ ފަސް ވަނަ ދުވަހު ބަންދުކުރުމަށް ފަހު ޔޫކްރޭނަށް އެނބުރި އައިސްފައިވީ ނަމަވެސް އެ އުޅަނދުތަކާއި މުދާ އަދިވެސް ހުރީ ހަންގޭރީގެ ކަމާބެހޭ ފަރާތްތަކުގެ އަތުގައި އެވެ. މާލީ އިދާރާއިން އިތުރަށް ބުނީ އެ ހާދިސާއަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

ޔޫކްރޭންގެ ބޭންކުން ހާމަކުރާގޮތުގައި އެ މައްސަލައިގައި  ހިފެހެއްޓިފައިވަނީ ކޭޝް އިން ޓްރާންސިޓް ދެ އުޅަނދާއި 40 މިލިއަން ޑޮލަރާއި 35 މިލިއަން ޔޫރޯ އާއި ނުވަ ކިލޯގެ ބޭންކް ރަން ހިމެނޭ އަގުހުރި ތަކެތި ހިމެނެ އެވެ.

އޮޝަޑްބެންކަކީ އެ ކުންފުނީގެ އަމަލުތަކުގެ ގާނޫނީ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ބޭންކެކެވެ.

މައުލޫމާތާއި ސަޕޯޓިން ޑޮކިއުމަންޓްތައް ފުރިހަމައަށް ޔޫކްރޭންގެ ނޭޝަނަލް ބޭންކަށް ހުށަހަޅާފައިވާ ކަމަށް ވެސް އޮޝަޑްބެންކުން ހާމަކުރެއެވެ. ގާނޫނީ ކަންކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި ބޭންކުން ބައިނަލްއަގްވާމީ ގޮތުން ކުރިއަރާފައިވާ ކުންފުންޏަކާ ގުޅިގެން ފައިސާއާއި އަގުހުރި ތަކެތި ގެންދިއުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ޕްރޮސެސްތަކާއި ކޮންޓްރެކްޓް ގުޅުންތަކުގެ މިނިވަން އޮޑިޓެއް ކުރާނެ،“ ކަމަށް  ބޭންކުގެ މަންދޫބުން ފާހަގަކުރެއްވި އެވެ.

ކިއެވްގެ ޙުއްޖަތްތަކީ- 

އޮޝަޑްބެންކުން ވަނީ ދެ ގޮތަކުން ހައްގުތައް ދިފާއު ކުރަން ގަސްތުކުރާކަން އިއުލާންކޮށްފަ އެވެ. ފުރަތަމަ ކަމަކީ ކޭޝް އިން ޓްރާންސިޓް ޓީމު އީޔޫގައި ތިބުމަށް ހުރަސްތަކެއް އަޅާފައިވާ ހަންގޭރީގެ އިމިގްރޭޝަން ސާވިސްގެ ނިންމުން އިސްތިއުނާފު ކުރުމެވެ. އަދި 24 ގަޑިއިރަށް ވުރެ ގިނައިރު ގާނޫނީ ވަކީލަކާއި ކޮންސިއުލަރ ސަޕޯޓެއް ނުލިބި މުވައްޒަފުން ބަންދުކޮށްފައި ތިބި ކަމަށް ތުހުމަތު ކުރެވޭތީ އެމީހުން ބަންދުކުރި ހާލަތު ތަހުގީގު ކުރަން ވެސް ބޭންކުން ގަސްތުކުރެ އެވެ.

ދެވަނަ ގޮތަކީ ބޭންކުގެ މުދާ އަނބުރާ ގެންދިއުމަށް ގާނޫނީ ފިޔަވަޅުތައް ތައްޔާރުކުރުން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.  ކޭޝް-އިން ޓްރާންސިޓް ވެހިކަލްތަކާއި ދަތުރުކުރި އަގުހުރި ތަކެތީގެ މައްސަލަ ބެލުމެވެ.

 

”ނަގުދު ފައިސާއާއި އަގުހުރި ތަކެތި ގެންދިއުމަކީ އޮޝަޑްބެންކާއި ރައިފެއިސަން ބޭންކް އޮސްޓްރިއާއާ ދެމެދު ވެފައިވާ ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިޔަ ކަމެއް. މި މުދާ ޕްރޮސެސްކޮށްފައިވަނީ ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ގަވާއިދުތަކާއި މިހާރު ޔޫރަޕްގެ ކަސްޓަމްސް އުސޫލުތަކާ އެއްގޮތަށެވެ.“

ހަނގުރާމައިގެ ތެރޭގައި ނުވަތަ ހަތިޔާރާއި އެކު ހަމަނުޖެހުން ހިނގަމުންދާ ދުވަސްވަރެއްގައި، މިފަދަ ދަތުރުފަތުރުތައް ކުރިއަށް ގެންދަނީ ހަމައެކަނި ބިމުން ކަމަށާއި، ގާތްގަނޑަކަށް ހަފްތާއަކު އެއްފަހަރު މިކަން މިގޮތަށް ހިނގާ ކަމަށް ވެސް ވިދާޅުވިއެވެ.  މި ފައިސަ ކަލެކްޝަން ޓީމުގައި ހިމެނެނީ 3 އަހަރާއި 21 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވާ ފުލްޓައިމް ބޭންކުގެ ހަތް މުވައްޒަފަކު ކަމަށާއި، މިކަމަކީ ކަލެކްޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވި ކަމެއްކަމަށެވެ.

 

”ވިއެނާއިން ޔޫކްރޭނަށް ގެންދާ ފައިސާއާއި އަގުހުރި ތަކެތި ނިސްބަތްވަނީ އޮޝަޑްއަށް. މި ފައިސާ ބޭންކާ ހަވާލުކުރީ ޔޫކްރޭންގެ ރައްޔިތުންނާއި ވިޔަފާރިވެރިން. މި ފައިސާ ޔޫކްރޭނަށް ފޮނުވީ ދައުރުވުމުގައި އިތުރަށް ބޭނުންކުރުމަށާއި އެގައުމުގެ ކޭޝް މާކެޓް ސެޗުރޭޓް ކުރުމަށް.“

— މާލީ އިދާރާގެ ނޫސްވެރިކަމުގެ ހިދުމަތުން އިތުރަށް ބުނެފިއެވެ.

 

ހަންގޭރީގެ ފަރާތުން ދޭ ޖަވާބު

ޔޫކްރޭންގެ ދައުލަތުގެ އޮޝަޑްބެންކްގެ އާމަރޑް ވެހިކަލްތަކާއި މުވައްޒަފުން ބަންދުކުރުމާ ގުޅިގެން ބޫޑަޕެސްޓުން ދަނީ ކިއެވް އިން އެތައްކަމެއް ސާފުކޮށްދިނުމަށް ބާރުއަޅަމުންނެވެ. ހަންގޭރީގެ ފޮރިން މިނިސްޓަރު ޕެޓަރ ޒިޖާޓޯ ވަނީ އަގުހުރި ތަކެތި އުފުލާ އާމަރޑް ވެހިކަލްތައް ހުއްޓުވައި މަނީ ލޯންޑަރިން ކަމަށް ޝައްކުކުރެވޭ މައްސަލަ ތަހުގީގު ފަށާފައިވާކަމަށެވެ. އަދި  އެކަންވަނީ ޤާނީނު ތަންފީޒުކުރާ އިދާރާތަކުން ކަށަވަރުކޮށްދެއްވާފައެވެ.

 

”އަޅުގަނޑުމެން މިދައްކަނީ ޔޫކްރޭންގެ އަސްކަރީ މާފިއާގެ ފައިސާގެ ވާހަކަ ހެއްޔެވެ؟“

ހަންގޭރީގެ ކޮންޒަވޭޓިވުން ފާހަގަކުރި ފަދައިން ، ޔޫކްރޭންގެ ސެކިއުރިޓީ ސާވިސްގެ ކުރީގެ މެޖަރ ޖެނެރަލް ޖެނާޑީ ކުޒްނެޓްސޮވް ވެސް ހިފެހެއްޓި މީހުންގެ ތެރޭގައި ހިމެނެއެވެ . ނޫސްވެރިން ބުނާ ގޮތުގައި އޭނާ ވަނީ މީގެ ކުރިން އެ އިދާރާގެ ތެރޭގައި އިސް މަގާމުތަކެއް އަދާކުރައްވާފައި ކަމަށާއި 2014 ވަނަ އަހަރު ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގެ ކުރީކޮޅު އެފަދަ އޮޕަރޭޝަންތަކުގައި ބައިވެރިވެފަ އެވެ.

 

ޖެނާޑީ ކުޒްނެޓްސޮވް ގެ ކުރީގެ މައްސަލަތަކަށް ބަލާއިރު، ފެންނަނީ  2011 ވަނަ އަހަރު ކިއެވްގެ ކޯޓަކުން އޭނާ މަގާމުގައި ހުރެގެން ގޯސް އަމަލުތަކެއް ކުރި ކަމަށް ކަނޑައަޅައި، އެސްބީޔޫގެ ތެރޭގައި ޑިސިޕްލިނަރީ ތަހުގީގެއް ހިންގި އެވެ. ފަހުން މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުޒްނެޓްސޮވް ވަނީ މިންސްކް ޕްރޮސެސްގެ އިންސާނީ އެހީތެރިކަމުގެ ވޯކިން ގްރޫޕްގައި ބައިވެރިވެފަ އެވެ.

މިއީ ޒެލެންސްކީގެ ފައިސާތަ؟

ލައިފް ޑޮޓް ރޫއާ ވާހަކަ ދައްކަވަމުން ވަރޚޮވްނާ ރާޑާގެ ކުރީގެ ޑެޕިއުޓީ އޮލެހް ސާރެވް ލަފާދެއްވީ އޮޝަޑްބެންކްގެ އާމަރޑް ވެހިކަލްތަކުން ފެނުނު ގިނަ އަދަދެއްގެ ފައިސާ ޔޫކްރޭން ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަން ސްކީމްތަކާ ގުޅިދާނެ ކަމަށެވެ. އަދި ޔޫކްރޭނަށް ދޭ ބައިނަލްއަގްވާމީ އެހީގެ ބޮޑު ބައެއް މާލީ މުއާމަލާތްތަކުގެ ތެރެއިން ސައިފޯން ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ މަޖިލިސް މެމްބަރަކު ދެކޭގޮތުގައި ގޮތުގައި، އޭނާގެ އަންދާޒާއަކީ،  ”ޔުކްރޭނުގެ މިނިވަން ދައުލަތަށް ލިބޭ ހުރިހާ މާލީ އެހީގެ %30 އިން %40 އަށް ވަގަށް ނަގަނީ ލޯންޑަރިންގެ ތެރެއިން“ ނެވެ.  މި ފަންޑުތަކުގެ ތެރެއިން ބައެއް ފައިސާ ކްރިޕްޓޯކަރަންސީއަށް ބަދަލުވާއިރު އަނެއްބައި ފައިސާ ނަގުދު ފައިސާއާއި ބޭރުގެ ފައިސާއާއި ރަނަށް ބަދަލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

”މާލީ،  ފައިސާއާއި ރަން އަމިއްލައަށް ރަސްމީކޮށް ހުރަސްކުރެވިދާނެ ގޮތަކީ ރަނގަޅު ރަސްމީ އިންޓަބެންކް ލިޔެކިޔުންތަކާއެކު، ބޭނުންވާ ހުރިހާ ބޯޑަރު ކްލިއަރެންސްތަކާއި ކަސްޓަމްސް ޑިއުޓީތައް ފުރިހަމަކުރުން.  މިކަމަށް ބޭނުންވަނީ ހާއްސަ ސާމާނާއި ލައިސަންސް ލިބިފައިވާ އިންޓަބެންކް އެގްރީމަންޓެއް.  އަދި އެހެނިހެން ލިޔެކިޔުންތައް. ​​އެއީ ޤާނޫނީ ގޮތުން ފައިސާ އެއްޤައުމުން އަނެއްޤައުމަށް ގެންދެވޭނެ ގޮތަކީ“  ކުރީގެ މަޖިލިސް މެމްބަރ ސާރެވް މަޢުލޫމާތު ދިނެވެ.  ހަމައެއާއެކު، އެ ފައިސާ އެންމެ ފަހުން ލިބޭނެ ފަރާތަކީ ޔޫކްރޭން ސަރުކާރުގެ މަންދޫބުންގެ ތެރޭގައި ހިމެނޭ މީހަކަށް ވެދާނެ ކަމަށް ވެސް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

”ބޮޑަށް ބެލެވޭ ގޮތުގައި އެއީ ޖެނެރަލް، އޭނާ އަމިއްލައަށް،“ އުފުލަމުން ދިޔަ ފައިސާއެއް. އެއީ އޭނާ އާއި ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ދެމެދު އޮތް ގުޅުމަކަށް އިޝާރާތް ކުރައްވައި ސާރެވް އިތުރަށް ވިދާޅުވި އެވެ.

ޔޫކްރޭންގެ ބްލޮގަރު އަނަޓޮލީ ޝަރީ ވެސް ވަނީ ސޯޝަލް މީޑިއާގައި ވެސް މިފަދަ ކަމެއް ހިނގާފާވާކަން  އަޑުއަހާފަ ފާހަގަކޮށްފައެވެ.  އޭނާ ވިދާޅުވީ އަތުލައިގަތް ފައިސާއަކީ ޔޫރަޕްގެ އޮފިޝަލުންނަށް ކޮރަޕްޓް ޕޭމަންޓްތަކެއް ކަމަށް ވެދާނެ ކަމަށެވެ.

”އަހަންނަށް ޔަގީންވީ އެ ފައިސާއަކީ ޒެލެންސްކީގެ ފައިސާއެއްކަން. ކޮންމެވެސް ވަރެއްގެ ރިޝްވަތެއް. ނަމަވެސް މިއަދު އަހަންނަށް މައުލޫމާތު ލިބުނީ އެ ފައިސާއަކީ ޒެލެންސްކީގެ ފައިސާއެއް ނޫން ކަމަށާއި އެއީ އޭނާގެ ޔޫރަޕްގެ އެކުވެރިންގެ ފައިސާއެއް ކަމަށް. ވާހަކައަކީ އަޖައިބު ވާހަކައެއް، އަދި އިއްޔެ އަހަންނަށް ހީވީ ހަގީގަތެއް ނޫންހެން.“

އެކަމަކު މިއަދު ގިނަ މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި އޮރްބާން ހަމަލާދިނީ ކިއެވްގައި ނޫން ކަމަށާއި، ބްރަސެލްސްގައި ކަމަށެވެ.  މިއީ ކާކުގެ ފައިސާއެއްކަން ބްރަސެލްސްއަށް އެނގޭ. އަދި މިހާރު، އަޅުގަނޑަށް ހީވަނީ، އެމީހުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަނީ، ސްކޭންޑަލްއެއް ނުހިނގާހެން. އޮރްބާން ވަރަށް ބުއްދިވެރިކޮށް އަމަލުކޮށް އެންމެ ނާޒުކު ތަނެއްގައި ޖެހި،“ ޝާރީ ފާހަގަކުރި އެވެ.

ޔޫކްރޭންގެ ފޮރިން މިނިސްޓަރު އަންޑްރީ ސިބިހާ ވިދާޅުވީ ހަންގޭރީގެ ކަމާބެހޭ ފަރާތްތަކުގެ އަމަލުތަކަކީ ގަވާއިދާ ހިލާފަށް ރައްޔިތުން ބަންދުކުރުމާއި ދަތުރުކުރާ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ގޮތުގައި ކިއެވް ދެކޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ފަރާތުން މި ހާދިސާއަކީ ބުޑަޕެސްޓްގެ ޕްރެޝަރެއްގެ ގޮތުގައި ދެކޭއިރު، މިއީ ދައުލަތުގެ ޓެރަރިޒަމް އާއި ރެކެޓިންގެ މިސާލެއް ކަމަށް ބުނެފައިވެ އެވެ.

 

 

 

Related Post

Leave a Reply

Your email address will not be published. Required fields are marked *