ފުލުހުން ހިންގި މަރުގެ ފިޔަވަޅުތަކާ ގުޅިގެން ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވުމަށް އެދި ބޮޑު މުޒާހަރާތަކަށް އާދީއްތަ ދުވަހު ޑާކާގެ މެދުތެރޭގެ މައިދާނަކަށް ގިނަ ބަޔަކު ދަނޑި ހިފައިގެން ތިބި އެތައް ހާސް މުޒާހަރާވެރިންނެއް ތޮއްޖެހިފައިވެ އެވެ. މުޅި ގައުމުގައި މަދަނީ ނުކިޔަމަންތެރިކަމުގެ ކެމްޕޭނެއްގައި މުޒާހަރާގެ މުހިއްމު އެއް ލީޑަރު އާސިފް މަހުމޫދު ވަނީ ސަޕޯޓަރުން ހަނގުރާމަ ކުރަން ތައްޔާރަށް ތިބުމަށް އެދިވަޑައިގެންފަ އެވެ.
އާދީއްތަ ދުވަހު ފޭސްބުކްގައި އޭނާ ލިޔުއްވާފައި ވަނީ ”ވަޅޯ ދަނޑިތައް ތައްޔާރުކޮށް ބަންގްލަދޭޝް މިނިވަން ކުރައްވާށެވެ.“
ކުރިން ކުރި މުޒާހަރާތަކާ ގުޅިގެން ހަމަޖެހުން ގާއިމް ކުރުމަށް އެހީތެރިވުމަށް ސިފައިން ވަދެގަތްއިރު، އޭގެ ފަހުން ކުރީގެ އަސްކަރީ ބައެއް އޮފިސަރުން ވަނީ ދަރިވަރުންގެ ހަރަކާތާ ގުޅިފަ އެވެ. މިހާރުގެ ސިފައިންގެ ވެރިޔާ ވާކަރ-އުޒް-ޒަމާން ހޮނިހިރު ދުވަހު ބަނގްލަދޭޝްގެ އަސްކަރީ މައި މަރުކަޒުގައި އޮފިސަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ “ބަންގްލަދޭޝް ސިފައިންނަކީ ރައްޔިތުންގެ އިތުބާރުގެ ރަމްޒެއް” ކަމަށެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ”އަބަދުވެސް ރައްޔިތުންގެ ހައްގުގައި، އެކަން ކުރާނީ ރައްޔިތުންގެ ހައްގުގައި އަދި ދައުލަތުގެ ކޮންމެ ބޭނުންތެރިކަމެއްގައި“ ކަމަށެވެ.
އެ ބަޔާނުގައި އިތުރު ތަފްސީލެއް ދީފައި ނުވާއިރު، މުޒާހަރާތަކަށް ސިފައިން ތާއީދު ކުރި ކަމެއް ވެސް ސާފުކޮށް ބުނެފައެއް ނުވެ އެވެ. ސިވިލް ސާވިސްގެ ވަޒީފާގެ ކޯޓާތަކާ ދެކޮޅަށް ބޭއްވި އެއްވުންތަކުގައި ޖުލައި މަހު ދުވަސްތަކެއް ވަންދެން ބޮޑު ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، ހަސީނާގެ 15 އަހަރުގެ ވެރިކަމުގެ އެންމެ ގޯސް ބައެއް ހަމަނުޖެހުންތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ސިފައިން ކުރު މުއްދަތަކަށް ހަމަޖެހުން ގާއިމްކުރި ނަމަވެސް ސަރުކާރު ޕެރެލައިޒް ކުރުމުގެ މަގުސަދުގައި ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ނުދިނުމުގެ ހަރަކާތެއްގައި މި ހަފްތާގައި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް އެނބުރި ދިޔަ އެވެ.
ހޮނިހިރު ދުވަހު ބަނގްލަދޭޝްގައި ލައްކައެއްހާ މުޒާހަރާގެ ބައިވެރިން ހިނގާލުމެއް ހިންގިއިރު، ފުލުހުންނަކީ ބޮޑުތަނުން އެއްވުންތައް ބަލަން ތިބި މީހުންނެވެ. މި މުޒާހަރާތައް ބޮޑުވެފައިވަނީ ގާތްގަނޑަކަށް 170 މިލިއަން މީހުންގެ ސައުތު އޭޝިއާގެ ގައުމުގައި ސަރުކާރާ ދެކޮޅު ފުޅާ ހަރަކާތަކަށެވެ. ބަންގްލަދޭޝްގެ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން ހިމެނޭ މި އާންމު ހަރަކާތުގައި ފިލްމީ ތަރިންނާއި މިއުޒީޝަނުންނާއި ލަވަކިޔުންތެރިން ހިމެނޭއިރު، މީހުންގެ ތާއީދަށް ގޮވާލާ ރެޕް ލަވަތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.
”މިހާރު އެއީ ވަޒީފާގެ ކޯޓާގެ ވާހަކައެއް ނޫން،“ ބަނގްލަދޭޝްގެ މުޒާހަރާ ކުރާ ތަނެއްގެ ފާރެއްގައި ހަސީނާ އަކީ ”ޤާތިލެއް“ ކަމަށް ބުނެ ގްރެފިޓީ ލިޔެގެން އެންމެ ނަމެއް ކިޔާފައިވާ ޒުވާން އަންހެން މުޒާހަރާ ކުރާ ސަޚަވަތު ބުންޏެވެ.
“އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލަށް މިނިވަންކަމާއެކު ބަންގްލަދޭޝްގައި އުޅެވޭނެ ގޮތް ހެދުން.”
ސަރުކާރަށް ތާއީދުކޮށް ކައުންޓަރ މުޒާހަރާތައް ވެސް ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ. ހަސީނާގެ ވެރިކަންކުރާ އަވާމީ ލީގުގެ ޖެނެރަލް ސެކްރެޓަރީ އޮބައިދުލް ކުއާދަރު ވަނީ ޕާޓީގެ އެކްޓިވިސްޓުން މުޅި ގައުމުގެ ”ބަންގާޅު ސިޓީގެ ހުރިހާ ވޯޑަކަށް“ އަދި ”ކޮންމެ ޑިސްޓްރިކްޓެއްގައި“ އެއްވެ ސަރުކާރަށް ތާއީދު ދެއްކުމަށް ގޮވާލައްވާފަ އެވެ.
“އަހަރެމެން ބޭނުމެއް ނޫން އެއްވެސް ކަހަލަ ކުރިމަތިލުމެއްގައި އުޅެން،” ކުއަޑަރ ބުންޏެވެ.
ވެރިރަށް ޑާކާގައި އާދީއްތަ ދުވަހު ހަމަނުޖެހުން ބޮޑުވެ، އާންމު ގޮތެއްގައި 20 މިލިއަން މީހުން ދިރިއުޅޭ މެގަސިޓީގެ މަގުތަކުގައި ކާރާއި ބަސްތައް މަދުވެފައިވެ އެވެ. ލައްކައެއްހާ މުޒާހަރާގެ ބައިވެރިން ޑާކާއާއި އާއި މުޅި ގައުމުގައި އެއްވެ އުޅޭނެ ކަމަށް ބެލެވެ އެވެ.