ޣައްޒާގެ އެހީ ބެހުމުގެ މަރުކަޒުތަކަށް އިސްރާއީލުން ދިން އާ ވައިގެ ހަމަލާތަކުގައި މިއަދު ފަލަސްތީނުގެ 37 މުސްލިމަކު ޝަހީދުވެއްޖެއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ފަތިހުން ފެށިގެން ފަލަސްތީނުގެ 37 މުސްލިމުން ޝަހީދުވެ ދިހަވަރަކަށް މުސްލިމުންނަށް ޒަޚަމްވެފައިވެއެވެ.
އިސްރާއީލުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ގެދޮރާއި ގެދޮރު ދޫކޮށް މުސްލިމުން ދިރިއުޅޭ ޓެންޓްތަކާއި އާންމުން އެއްވެ އުޅޭ ތަންތަނަށެވެ. މިއީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިފާފައިވާ ނަސްލު ނައްތާލުމުގެ ހުނގުރާމައެކެވެ.
އެމެރިކާގެ ފުރިހަމަ ތާއީދާއެކު އިސްރާއީލުން ދަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. ހަމައެކަނި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި 187،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ ޒަޚަމްވަމުންދާއިރު، ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އަލް ގައްސާމް ބްރިގޭޑްސް އިން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެގައުމުގެ ހަނގުރާމަވެރިން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ގެ އިރުމަތީގައި ޕޮއިންޓް ބްލެންކް ރޭންޖުގައި ލުއި ހަތިޔާރުން ތިން ޒަޔަނިސްޓް ސިފައިން މަރާފައިވާއެވެ.

