ހޮނި. މާރޗް 14th, 2026

އިސްރާއީލުން އީރާނުގެ ޓީވީ އިމާރާތަށް ބޮމުން ހަމަލާ ދީ، މިސައިލްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދަނީ

އިޒްރޭލުން ވަނީ ހޯމަ ދުވަހު އީރާނަށް އާ ސިލްސިލާ ހަމަލާތަކެއް ދީ، ތެހެރާންގެ ދައުލަތުގެ ޓީވީ އިމާރާތާއި މުޅި އެގައުމުގެ ސައިޓްތަކަށް ބޮމުގެ ހަމަލާތަކެއްދީފައެވެ. އަދި ވަރުގަދަ ފޯޑޯ ނިއުކްލިއާ ފެސިލިޓީ ނައްތާލުމުގައި އެހީތެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ .
މިއަދު މެންދުރު ފަހު ލައިވް ނިއުސް ބްރޯޑްކާސްޓެއްގެ ތެރެއިން އީރާނުގެ ޓީވީ އިމާރާތަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ބުނެއެވެ.
މި އަމާޒުކޮށްފައި ވަނީ އީރާނުގެ ވެރިރަށް އޭރިއާ 3 ގައި ދިރިއުޅޭ ރައްޔިތުންނަށް އިސްރާއީލު ސިފައިން ގެއިން ބޭރަށް ނުކުތުމަށް އިންޒާރު ދިނުމަށް ފަހު ގައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ފަރާތުން ބުނީ ”ޒަޔަނިސްޓް އެންޓިޓީން އީރާނުގެ ޓީވީއަށް ދިން ޖިނާއީ ހަމަލާއިން އެ ޖަމާއަތުން ހަގީގަތާ މެދު ބިރުގަތްކަން ހާމަވެގެން ދިޔައީ“ ކަމަށެވެ.
މުޅި އީރާނުގައި ހަމަލާތައް
އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު ހަވީރު ވަނީ ތެހެރާނުގެ އެއާޕޯޓެއްގައި އޮތް އީރާނުގެ ދެ އެފް-14 ފަޔަރ ޖެޓަށް ބޮމުން ހަމަލާދީ ގޮއްވާލާފައިވާކަން އިއުލާންކޮށްފައެވެ. އަސްކަރިއްޔާއިން ބުނީ ”އަހަރެމެން ހަމަލާ ދިނީ ތެހެރާނުގެ އެއާޕޯޓަކާއި މުވާސަލާތީ މަރުކަޒަކާއި އަސްކަރީ ބޭނުމަކަށް ބޭނުން ކުރަމުން ދިޔަ އީރާނުގެ ޓީވީއަށް ޑްރޯންތަކަކުންކުން“ ކަމަށެވެ.
އަލްޖަޒީރާގެ މުވައްޒަފު ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގު ތެހެރާނުގައި ބާރު ގޮވުންތަކެއް އިވިފައިވާ ކަމަށާއި ވައިގެ ދިފާއީ ނިޒާމުތައް އެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. މި ބޮމުގެ ހަމަލާތައް މެދުތެރެއާއި ހުޅަނގު އީރާނުގެ ތަންތަނަށް ވެސް އަމާޒުކޮށްފައިވާއިރު، އީރާނުގެ ސިފައިން ވަނީ އިސްރާއީލުގެ ގިނަ އަދަދެއްގެ ޑްރޯންތައް ވައްޓާލާނެކަން އިއުލާންކޮށްފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އީރާނުގައި މިސައިލް ލޯންޗް ޕެޑްތައް ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެއިތުރުން ތެހެރާން-ޤޫމް ހައިވޭއަށް އަމާޒުކޮށް ބޮން ގޮއްވާލުމުން އެސަރަހައްދު ބަންދުކޮށްފައިވާ ކަމަށް އީރާނުގެ ސްޓޫޑެންޓްސް ނިއުސް އެޖެންސީން ބުނެއެވެ.
އެފް-35 މަތިންދާބޯޓުތައް
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއާ ޑިފެންސް އިން އިސްރާއީލުގެ އެފް-35 ފަޔަރ ޖެޓެއް ވައްޓާލީ އީރާނުގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ތަބްރީޒްގައި ކަމަށެވެ. ހަމަ އެ އިދާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ ހުޅަނގުގެ ލޮރެސްތާން ޕްރޮވިންސްގައި އިސްރާއީލުގެ ތިން ޑްރޯން އީރާނުގެ ސިފައިން ވައްޓާލި އެވެ.
ސަލާމަތީ މަސްދަރުތަކާ ހަވާލާދީ މެހްރް ނިއުސް އެޖެންސީން ބުނެފައިވަނީ އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ސައުތު ޕާސް ތެޔޮ ދަނޑަށް އަމާޒުކުރަން އުޅުނު ކުދި ތިން ޑްރޯން ވެސް ވައިގެ ދިފާއީ ބާރުތަކުން ވައްޓާލާފައިވާ ކަމަށެވެ. މަސްދަރުތަކުން އިތުރަށް ބުނެފައިވަނީ ގަލްފުގެ ކަނޑުގެ ސަރަހައްދުގައި މި ޑްރޯންތަކުގެ އަސްލު ހޯދުމުގެ މަސައްކަތް އީރާނުގެ ސިފައިން ކުރަމުންދާ ކަމަށެވެ.
ހަމައެހެންމެ، ސައުތު ޕާސް ގޭސް ފީލްޑް ފެސިލިޓީތައް ހުންނަ ބުޝެހް ޕްރޮވިންސްގެ އޮފިޝަލަކު ވިދާޅުވީ، އެ ޕްރޮވިންސްގެ ވައިގެ ސަރަހައްދުގައި މިއަދު ދިން ހަމަލާއެއް ވައިގެ ދިފާޢީ ބާރުތަކުން ކާމިޔާބުކަމާއެކު ފަހަތަށް ޖައްސާލާފައިވާ ކަމަށެވެ.
މަރުވެ ޒަޚަމްވެފައި
މަރްކާޒީ ޕްރޮވިންސްގެ ޚުމޭން ސިޓީއަށް އިސްރާއީލުން ދިން މިސައިލް ހަމަލާއެއްގައި ރިވޮލިއުޝަނަރީ ގާޑްސްގެ ހަ މީހަކާއި ބަސީޖުގެ ދެ މީހަކު މަރުވެފައިވާ ކަމަށް ފާސް ނިއުސް އެޖެންސީން ބުނެފި އެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި ގާޑްސްގެ ޖާސޫސީ ޚިދުމަތުގެ ވެރިޔާ މުހައްމަދު ކާޒީމީ އާއި އޭނާގެ އެކުވެރިންގެ ތެރެއިން ދެ މީހަކު މަރުވެފައިވާ ކަމަށް ރިވޮލިއުޝަނަރީ ގާޑުން ހުކުރު ދުވަހުގެ ހަވީރު އިއުލާން ކުރި އެވެ.
މީގެ އިތުރުން އިސްރާއީލުން މިއަދު ތެހެރާނުގައި ރެޑް ކްރެސެންޓް އެމްބިއުލާންސަށް ދިން ހަމަލާގެ ސަބަބުން ދެ ސަލާމަތީ މަސައްކަތްތެރިން މަރުވެފައިވާ ކަމަށް ފާސް ނިއުސް އެޖެންސީން ބުނެއެވެ. އިސްރާއީލުން ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އީރާނަށް މީގެ ކުރިން ނުފެންނަ ހަމަލާއެއް ދީ، ނިއުކްލިއާ ފެސިލިޓީތަކަށާއި އަސްކަރީ އަދި މަދަނީ ތަންތަނަށް އަމާޒުކޮށް، ސުންނާފަތި ކުރުމުގެ ހަމަލާތައް އިތުރު ކޮށްފައެވެ. އަސްކަރީ އިސް ލީޑަރުން – ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރާއި ޗީފް އޮފް ސްޓާފް ހިމެނޭ ގޮތަށް – އަދި ފާހަގަކޮށްލެވޭ ނިއުކްލިއާ ސައިންސްވެރިން އަވަހާރަކޮށްފަ އެވެ. އީރާނުން ރައްދު ދިނީ އިސްރާއީލުގެ ބައެއް ސިޓީތަކުގައި ފުޅާދާއިރާއެއްގައި ފަނާކުރަނިވި މިސައިލް ހަމަލާތަކެއް ދީގެންނެވެ.

އިސްރާއީލުން އެހީ އަށް އެދެން ފަށައިފި
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ ފޯޑޯ ނިއުކްލިއާ ފެސިލިޓީ ނައްތާލުމުގައި އިސްރާއީލަށް އެހީތެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމުމެއް ބޭނުންވާ ކަމަށެވެ. ތަރުޖަމާނު އިތުރަށް ވިދާޅުވީ އިސްރާއީލުން ”އީރާނުގެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ދީފައިވީ ނަމަވެސް އެމީހުންގެ ބަލިވުމަށް އެންމެ ފަހުގެ ގެއްލުމެއް އޮތީ ހަމައެކަނި އެމެރިކާގެ އަތުގައި“ ކަމަށެވެ.
އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ފޯޑޯ ސަރަހައްދުގެ ފަރުބަދަތަކުގެ ފުންމިނުގައި އޮންނަ މި ކިއްލާ ނިއުކްލިއާ ފެސިލިޓީ ނައްތާލުމަށް އިސްރާއީލުން އެމެރިކާގެ އެހީތެރިކަމަށް ރަސްމީކޮށް އެދިފައި ވަނީ އެހެން ނިއުކްލިއާ ސައިޓްތަކަށް ހަމަލާ ދެމުންނެވެ.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *