އިސްރާއީލުން އީރާނަށް ދިން ބޮޑު ހަމަލާ އަށް ނަންދީފައިވަނީ ތައުރާތުގެ އާޔަތަކުން ނަގާފައިވާ ދީނީ ނަމެއް ކަމަށްވާ ”ރައިސިންގ ލަޔަން“ ގެ ނަމުންނެވެ. މިނަން ދީފައިވަނީ ބާރާއި ފަސްޖެހުމުގެ އިންޒާރު ދިނުމަށެވެ.
މި ނަމުގެ މުހިންމުކަމާ ގުޅޭގޮތުން ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ”އުފެދެމުންދާ / އަރަމުންދާ ސިންގާ“ މި ބަސް ނަގާފައިވަނީ މުސްކުޅި ޢަހުދު ތައުރާތުގެ ލިޔުމަކުން ކަމަށާއި، އެ ލިޔުމުގައި ވާހަކަ ދައްކަނީ ވަރުގަދަ ”އިސްރާއީލެއް“ ކާމިޔާބުވާނެކަމާއި ތަނަވަސް މުސްތަގުބަލެއްގެ ވާހަކައެވެ. ޔަހޫދީން ފޮތުގެ 23-24 ވަނަ އާޔަތުގައި: ”ބައްލަވާ، މީސްތަކުން ބޮޑު ސިންގާއެއް ފަދައިން ތެދުވެ، ސިންގާ ކުއްޖެއް ފަދައިން އުފުލިގެންދާނެއެވެ.
ޔަހޫދީ ތަލްމުދީ އުނގަންނައިދިނުންތަކުގައި ސިންގާއަށް ރަމްޒީ ޖާގައެއް ލިބިފައިވެއެވެ. ރޮއިޓާސް އިން ބުނާ ގޮތުގައި 23-24 ވަނަ އާޔަތަކީ އިސްރާއީލު ނޫން ނަބިއްޔެއް އަދި ފަލަކީ އިލްމުވެރިޔާ ބެލާމްގެ ފުރަތަމަ ނަބީކަމުގެ ބައެކެވެ. އެ އާޔަތުގައި އިސްރާއީލުގެ ބާރާއި ބާރުވެރިކަން ކުރިން ވިދާޅުވެފައިވަނީ، ބަނޑުހައިހޫނުކަން ފިލުވާންދެން އަރާމު ނުކުރާނެ ސިންގާއަކާ އެއްގޮތަށެވެ.
ހަނގުރާމަ އިއުލާން ކުރަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ”އިސްރާއީލުން ވަނީ އިސްރާއީލުގެ ވުޖޫދަށް އީރާނުން ކުރިމަތިކުރަމުންދާ ނުރައްކާ ހުއްޓުވުމަށް އަމާޒުކޮށްގެން ހިންގާ އަސްކަރީ އޮޕަރޭޝަނެއް ކަމަށްވާ އޮޕަރޭޝަން ރައިސިން ލަޔަން ފަށާފަ“ ކަމަށެވެ.
ނަތަންޔާހޫ ވަނީ ގުދުސްގެ ހުޅަނގު ފާރުގެ ރެނދެއްގައި އަތުން ލިޔެފައިވާ ނޯޓެއް ބަހައްޓާފައި ހުރި ފޮޓޯއެއް އާންމުކޮށްފައި ކަމަށާއި އެ ފޮޓޯގައި ލިޔެފައި އޮތީ ”ރައްޔިތުން ސިންގާއެއް ފަދައިން ތެދުވާނެ“ ކަމަށެވެ.
ބައެއް ތަހުލީލު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އޮޕަރޭޝަނަށް މި ނަން ހޮވުމަކީ ”އިސްރާއީލް“ އަކީ ފަސްނުޖެހޭ ލީޑަރެއްގެ ގޮތުގައި ހުށަހަޅައި، އޭގެ ބަދަލުގައި ރުޅި އައުމުން ތެދުވެ، ރަހުމެއް ނެތި ހަނގުރާމަ ނިންމާލާ ލީޑަރެއްގެ ގޮތުގައި ހުށަހަޅަން ކުރާ މަސައްކަތެކެވެ. މި އެންމެހާ ކަމެއް މިހެން އޮތް ނަމަވެސް ޔަހޫދީންނަކީ ވަރަށްބޮޑަ މަރަށް ބިރުގަންނަ ފިނޑި ބައެއްކަން ހުރިހާ އެންމެންސްދަނެއެވެ.

