ހޮނި. މާރޗް 14th, 2026

ސަނާގައި ދިން ހަމަލާއެއްގައި އިސްރާއީލު ސިފައިން މަސައްކަތް ކުރަނީ ހޫތީގެ ޗީފް އޮފް ސްޓާފް އަވަހާރަކޮށްލުމަށް

އިސްރާއީލުގެ މީޑިއާތަކުން ހޮނިހިރު ދުވަހުގެ ރޭ ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަމަނުގައި ހޫތީ ޖަމާއަތާ ގުޅުން ހުރި މަތީ މަގާމެއްގައި ހުރި މީހަކު އަވަހާރަކޮށްލަން އިސްރާއީލުން މަސައްކަތް ކުރީ އީރާނުގެ ސަރަހައްދު ވެސް ހިމެނޭ އެއްފަހަރާ ހިންގި އޮޕަރޭޝަންތަކުގެ ތެރެއިންނެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޫތީ ގްރޫޕްގެ ”އޮފިޝަލަކަށް އަމާޒުކޮށްގެން އިސްރާއީލުގެ ވައިގެ ސިފައިން ޔަމަނުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގި“ ކަމަށާއި އެ އޮޕަރޭޝަންގެ ”ނަތީޖާ“ މިހާރު ބަލަމުން އަންނަ ކަމަށެވެ.

މި އޮޕަރޭޝަނާ ގުޅޭ ގޮތުން ހޫތީ ގްރޫޕުން އެއްވެސް ބަހެއް ހާމަކޮށްފައި ނުވާއިރު، މި މަސައްކަތުގެ ނަތީޖާ އަދި އެނގިފައެއް ނުވެއެވެ.

އެމެރިކާގެ ނިއުސް ވެބްސައިޓް އެކްސިއޯސް އިން އިސްރާއީލުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ”މި އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ ހޫތީގެ ޗީފް އޮފް ސްޓާފް މުހައްމަދު އަލް ޣަމާރީ“ އަށްކަމަށެވެ.

އިސްރާއީލުގެ އަމިއްލަ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ”އިސްރާއީލުގެ ވައިގެ ސިފައިން ޔަމަނުގައި ހުންނަ ހޫތީ ޗީފް އޮފް ސްޓާފް މުހައްމަދު އަލް ޣަމާރީ އަވަހާރަކޮށްލަން މަސައްކަތް ކުރި“ ކަމަށް ވެސް ބުނެފައިވެ އެވެ.

އިސްރާއީލުގެ މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަމަނުގައި ހިންގި ރޭޑްތައް އަމާޒުކޮށްފައިވަނީ ހޫތީންނާއި އީރާނުގެ އޮޕަރޭޝަންސް ކޯޑިނޭޝަން ރޫމަށް ކަމަށާއި އެ ގްރޫޕްގެ ޗީފް އޮފް ސްޓާފް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ހޫތީ ލީޑަރުންނަށް އަމާޒުކޮށްފައިވާ ކަމަށެވެ.

ސަނާގައި ގޮވުމުގެ އަޑު އިވުނު ކަމަށް ލޯކަލް ރައްޔިތުން ޖަރުމަނުގެ ޕްރެސް އެޖެންސީއަށް ކަށަވަރުކޮށްދިން ނަމަވެސް ބޮން ގޮއްވާލި ތަނެއް ވަގުތުން ސާފެއް ނުވެ އެވެ.

މީގެ ކުރިން ހޮނިހިރު ދުވަހު ހޫތީގެ ލީޑަރު އަބްދުލްމަލިކް އަލް ހޫތީ ވަނީ އިސްރާއީލުގެ ހަމަލާއަށް އީރާނުން ދިން ރައްދުތަކަށް ފުރިހަމަ ތާއީދު އިއުލާންކޮށް، ޓެލް އަވީވަށް ”ހުޅުވިފައިވާ އަދި ހިނގަމުންދާ ހަނގުރާމައިގެ“ އިންޒާރު ދެއްވާފަ އެވެ.

މިދިޔަ ހުކުރު ދުވަހު އިސްރާއީލުން ވަނީ ”ރައިސިން ލަޔަން“ ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައި، މުޅި އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކާއި މިސައިލް ބޭސްތަކަށް އަމާޒުކޮށް، ފާހަގަކޮށްލެވޭ އަސްކަރީ ލީޑަރުންނާއި ނިއުކްލިއާ ސައިންސްވެރިން މަރާލާފަ އެވެ. އީރާނުން ރައްދު ދިނީ އިސްރާއީލަށް އަމާޒުކޮށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީގެންނެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *