ސުޕަ ކަޕްފިރިހެން ޑިވިޝަންގެ ފައިނަލަށް ރެޑް ވިންގްސް ބީސީ ދަތުރުކުރީ ރައުންޑް ރޮބިން މުބާރާތުގެ އެންމެ ފަހު މެޗުގައި ކިންގްސް ބީސީ ބަލިކޮށްގެންނެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު މި މެޗުގައި ރެޑް ވިންގްސް އިން ވަނީ ޓައިޕްސް އަތުން 80-130 ޕޮއިންޓުން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑް ވިންގްގެ ޕްރަތުޔަންޝޫ ޓޯމާ އެވެ.
ވާދަވެރި ހަތަރު ޓީމެއް ހިމެނޭ ފިރިހެން ޑިވިޝަންގެ ފައިނަލަށް ދިއުމަށް ރައުންޑް ރޮބިން މުބާރާތުގެ އެއްވަނަ ނުވަތަ ދެ ވަނަ ހޯދަން ޖެހެ އެވެ. އެއް ވަނަ ހޯދީ އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓީރެކްސް އަތުން 94-72 އިން މޮޅުވި ސްރީލަންކާގެ އީގަލްސް އެވެ.
ރެޑް ވިންގްސް، ޓީ-ރެކްސް އަދި ކިންގްސް ކުޅުނު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ނަމަވެސް ރެޑް ވިންގްސް އޮތީ ޕޮއިންޓްގެ ތަފާތުން ތިން ޓީމުގެ ރޭންކިންގެ އެއް ވަނައިގަ އެވެ.
ރެޑް ވިންގްސް އާއި އީގަލްސް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިރޭ 20:00 ގަ އެވެ.
ރައުންޑް ރޮބިން މުބާރާތުގައި އީގަލްސް އިން ރެޑް ވިންގްސް ބަލިކުރީ ފަސް ޕޮއިންޓުގެ ތަފާތުންނެވެ.
ރައުންޑް ރޮބިން މުބާރާތުގެ ދެ ވަނަ ހޯދައި، އަންހެން ޑިވިޝަންގެ ފައިނަލުގެ ޖާގައެއް ސްރީލަންކާގެ އީގަލްސް އިން ވެސް ވަނީ ކަށަވަރުކޮށްފަ އެވެ. އެއްވަނަ ހޯދީ ރާއްޖޭގެ ކުއީންސް ބީސީ އެވެ.
އަންހެން ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ.