ހޮނި. މާރޗް 14th, 2026

އީރާނުގެ އަސްކަރީ މަސްދަރު: ހަނގުރާމަ ފުޅާވެގެންދާނީ އެ ސަރަހައްދުގައި އެމެރިކާގެ މަރުކަޒުތައް ހިމެނޭ ގޮތަށް.

އީރާނުގެ އަސްކަރީ ތަރުޖަމާނަކު  އިސްރާއީލަށް ދޭ މިސައިލް ހަމަލާތައް ކުރީގެ ހަމަލާތަކަށް ވުރެ 20 ގުނަ އިތުރުވާނެ ކަމަށް ބުނިއިރު، އީރާނުގެ އަސްކަރީ މަސްދަރަކުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ހަނގުރާމަ ފުޅާވެގެންގޮސް  އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށްވެސް އެކަމުގެ އަސަރު ކުރާނެކަމަށެވެ.

އީރާނުގެ ފާސް ނިއުސް އެޖެންސީން ”މައުލޫމާތު ލިބިފައިވާ“ ކަމަށް ސިފަކުރި އަސްކަރީ މަސްދަރަކާ ހަވާލާދީ ބުނެފައި ވަނީ އިސްރާއީލުގެ ހަމަލާތަކުން ފެށި ހަނގުރާމަ ކުރިއަށް އޮތް ދުވަސްތަކުގައި ފުޅާވެ، އެ ސަރަހައްދުގައި ހިފާފައިވާ ހުރިހާ ސަރަހައްދުތަކާއި އެމެރިކާގެ މަރުކަޒުތައް ހިމެނޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ”އަޅުގަނޑުމެންގެ ނިންމާލަދޭ އަދި ފުޅާދާއިރާއެއްގައި ރައްދު ދިނުމުގެ އަމާޒަކަށް ވާނީ އުދުވާނީ މީހުން“ ކަމަށާއި، ރޭ ކުރިއަށް ގެންދިޔަ ހަނި ފިޔަވަޅުތަކަށް އެކަނި ކުރިމަތިލުން ނުހިނގާނެ ކަމަށް އަސްކަރީ ލީޑަރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

އަދި މައުލޫމާތު ލިބިފައިވާ އަސްކަރީ މަސްދަރު ބުނީ އީރާނުގެ ހަމަލާތައް ”ދެމިއޮންނާނެ ކަމަށާއި އަނިޔާވެރިންނަށް އިންތިހާއަށް ވޭންދެނިވި އަދި ހިތާމަކުރާނެ“ ކަމަށެވެ.

ހަމަ މި ކޮންޓެކްސްޓުގައި މެހްރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން ވަނީ އިސްރާއީލަށް ދޭ ހަމަލާތައް ފުޅާކުރާކަން ވޮޝިންޓަން، ޕެރިސް އަދި ލަންޑަނަށް އަންގާފައެވެ.

ހޮނިހިރު ދުވަހު އީރާނުގެ ދައުލަތުގެ މީޑިއާތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރި ގޮތުގައި އީރާނުން ވަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސަށް އިންޒާރު ދީފަ އެވެ.

އީރާނުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ އިސްރާއީލަށް އީރާނުން ދޭ ރައްދު ދިނުމުގެ ކުރިން އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާކަން އިއުލާންކޮށް، ”ދުޝްމަނުންގެ އެއްވެސް އުދުވާނީ ހަމަލާއަކަށް ރައްދު ދިނުމުގައި ދެމިތިބުމަށް ރާވާފައިވާ ޕްލޭންތައް މުރާޖައާކޮށްފަ އެވެ.“

އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުން ހޮނިހިރު ދުވަހުގެ ހެނދުނު ބުނެފައިވަނީ އިސްރާއީލުގެ ބޮޑެތި ސަރަހައްދުތަކަށް އަމާޒުކޮށް އީރާނުން ހަ ވަނަ ބެޗެއްގެ މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.

އެންމެ ފަހުން އީރާނުން ދިން ހަމަލާތަކުގައި އިސްރާއީލުގެ ތިން މީހަކު މަރުވެފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު ޓެލްއަވީވްގެ ދެކުނުގައި އޮންނަ ރިޝޮން ލެޒިއޮން ސިޓީއަށް ބޮން ގޮއްވާލާފައިވާއިރު، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރަމަތު ގަން ސިޓީއަށް ދިން މިސައިލް ހަމަލާއެއްގައި އިސްރާއީލުގެ އަންހެނަކު ވަނީ މަރުވެފަ އެވެ.

ޒަޚަމްވި މީހުންގެ އަދަދު ގާތްގަނޑަކަށް 90 އިސްރާއީލުގެ މީހުންނަށް އަރާފައިވާއިރު، ގްރޭޓަރ ޓެލް އަވީވް ސަރަހައްދުގައި ކުރިން ނުފެންނަ ފަދަ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

 

 

Related Post

Leave a Reply

Your email address will not be published. Required fields are marked *