ހޮނި. މާރޗް 14th, 2026

އަލް އަހްލީ އާއި އިންޓަ މިއާމީގެ މެޗުގެ ކުރިން މެސީ ހުއްޓުވުމަށް ރިބެއިރޯ ޕްލޭނެއް އެކުލަވާލި

ކްލަބް ވޯލްޑް ކަޕްގައި މި ދެ ޓީމު ކުޅޭ މެޗުގެ ކުރިން އެމެރިކާގެ ޓީމު އިންޓަ މިއާމީގެ ތަރި އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީ ހުއްޓުވުމަށް އަލް އަހްލީގެ ކޯޗު ހޯސޭ ރިބެއިރޯ ވަނީ އޭނާގެ ސްޓްރެޓެޖީތައް ހާމަކޮށްފަ އެވެ.

ނޫސްބަޔާންތަކުގައި ރިބެއިރޯ ބުނީ ލެޓިން ތަރިގެ ޚާއްސަ ހުނަރަށް އިޝާރާތްކޮށް، ”މެސީއާ ކުރިމަތިލާން ފުރިހަމައަށް ތައްޔާރުވުމަކީ ކުރެވޭނެ ކަމެއް ކަމަށް އަހަރެން ނުދެކެން“ ކަމަށެވެ. އޭނާ އިތުރަށް ބުނީ އޭނާއާ ކުރިމަތިލާއިރު ޑިސިޕްލިން ވާން ޖެހޭ ކަމަށާއި ބައެއް ހިސާބުތަކުގައި ބޯޅަ އޭނާއާ ހަމައަށް ފޯރުމުގެ ކުރިން ރަނގަޅަށް ކޮންޓްރޯލް ކުރަން ޖެހޭނެ ކަމަށެވެ

 

އޭނާ ކުރިއަށް ގެންދިޔައީ ”ބޯޅަ މެސީއާ ހަމައަށް ފޯރާއިރު އޭނާ އަމަލުކުރާނީ އާދައިގެ ގޮތަކަށް. އޭނާ އަކީ ހާއްސަ މާކްސްތަކެއް ބޭނުންވާ ކުޅުންތެރިއެއް. އެހެންނަމަވެސް އޭނާ އަކީ ޕްރޮފެޝަނަލް ކޯޗަކާއެކު ރަނގަޅު ޓީމެއްގެ ބައެއް ކަމުން އަހަރެމެން މިތިބީ ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ކަންތައްތައް ދާނީ ކިހިނެއްތޯ ބަލާނަން“ ކަމަށެވެ.

މިއީ ކްލަބް ވޯލްޑް ކަޕްގައި މެސީ އާއި އަލް އަހްލީ ބައްދަލުކުރާ ފުރަތަމަ ރަސްމީ ބައްދަލުވުމެއް ނަމަވެސް ޖުމްލަކޮށް ތިން ވަނަ މެޗަކީ މެސީ ބާސެލޯނާއާއެކު ކުޅުނުއިރު އެކުވެރިކަމުގެ ދެ މެޗަށް ފަހު އެވެ. 2007 ވަނަ އަހަރު ޤާހިރާގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އަލް އަހްލީ ވަނީ އެ ކްލަބުގެ ސަތޭކަ އަހަރު ފުރުން ފާހަގަކޮށް، ބާސެލޯނާ ވަނީ 4-0 އިން މޮޅުވެފަ އެވެ. 2009 ވަނަ އަހަރު ލަންޑަނުގައި ބާސެލޯނާ ކުޅުނު އެކުވެރިކަމުގެ މެޗެއް 4-1 އިން ކާމިޔާބުކޮށް، އަލް އަހްލީ ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މީގެ ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން އެއްވެސް މެޗެއްގައި އަލް އަހްލީއާ ދެކޮޅަށް މެސީ ލަނޑެއް ނުޖެހުނު ނަމަވެސް، ކުރިއަށް އޮތް ރަސްމީ މެޗުގައި ވެސް މި ޓްރެންޑް ކުރިއަށް ގެންދިއުމަށް ރެޑް ޑެވިލްސް އިން އުއްމީދު ކުރެ އެވެ.

ކްލަބް ވޯލްޑް ކަޕްގައި އަލް އަހްލީގެ ބައިވެރިވުން ފަށާނީ އާދީއްތަ ދުވަހުގެ ހެނދުނު މެސީ އިސްކޮށް ހުންނަވައިގެން އެމެރިކާގެ އިންޓަ މިއާމީއާ ދެކޮޅަށެވެ. އެއަށްފަހު އަންނަ ބުރާސްފަތި ދުވަހު ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށް ނުކުންނައިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލާނީ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށެވެ.

އަލް އަހުލީ ތާރީހުގައި ދިހަ ވަނަ ފަހަރަށް ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވާއިރު، މީގެ ކުރިން މުބާރާތުގެ ކުރީގެ ފޯމެޓުގައި ނުވަ ފަހަރު ބައިވެރިވެ، 2006، 2020، 2021، އަދި 2023 ވަނަ އަހަރު ހަތަރު ފަހަރު ރިހި މެޑަލް ހޯދާފައިވާއިރު، އަލް އަހުލީ އިން މުބާރާތުގައި ބައިވެރިވަނީ ސާފް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންގެ ގޮތުގަ އެވެ ޕަލްމެއިރާސް އާއި ޕޯޓޯ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *