ހޯމަ. ޑިސެމް 23rd, 2024

ބޫޓާން އިންޓަނޭޝަނަލް ކްރިކެޓް މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ރާއްޖޭގެ އަޒްޔާން

ބޫޓާން އިންޓަނޭޝަނަލް ކްރިކެޓް މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ މަގާމް ހޯދީ ރާއްޖޭގެ ޔޫސުފް އަޒްޔާން ފަރުހަތު އެވެ.

އަޒްޔާން ހަތަރު މެޗުން 184 ލަނޑު ހެދިއިރު، ފައިނަލް މެޗަކީ އޭނާގެ ފަސް ވަނަ މެޗެވެ.

އެންމެ މޮޅު ބެޓްސްމަންގެ ޓައިޓަލްގެ އިތުރުން އަޒްޔާން އަށް ވަނީ މުބާރާތުގައި އެންމެ ގިނަ ހަތަރެއް ޖެހުމުގެ އެވޯޑް ވެސް ލިބިފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބޫޓާންގެ ރަންޖަންގް މިކިޔޯ ޑޯޖީ ހޮވުނުއިރު، އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ބޫޓާންގެ ޝެރިންގް ޓާޝީ އެވެ. އެންމެ މޮޅު ބޯލަރަކަށް ހޮވުނީ ތައިލެންޑްގެ ޖަންޑްރޭ ކޮއެޓްޒީ އެވެ.

މުބާރާތުގެ ޗެމްޕިއަނުން ކަނޑައެޅީ ރައުންޑް ރޮބިން ސްޓޭޖުގައި ޓީމުތަކުން ދެއްކި ކުޅުމަށް ބަލައިގެންނެވެ. ލީގު ސްޓޭޖުގެ އެއްވަނައިގައި ހަ ޕޮއިންޓާ އެކު އޮތް ތައިލެންޑަށް ވަނީ ތަށި ދީފަ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *